ads
މެސީ ވޯލްޑްކަޕް ޓްރޮފީއާއެކު
ވޯލްޑްކަޕާ އެކު ހުރިހާ ކަމެއް ބަދަލުވެއްޖެ
މިވަގުތު ދުނިޔޭގައި ހުރި އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިޔަކީ އާޖެންޓީނާގެ ލިއޮނަލް މެސީކަމާމެދަކު ބަހުސް ކުރުމުގެ ފުރުސަތެއް ނެތެވެ. ވޯލްޑްކަޕް ކާމިޔާބުކޮށް މެސީވަނީ އޭނާއަކީ "ގޯޓް" ކަން ސާބިތުކޮށްދީފައެވެ.
Advertisement

ފުރަތަމަ ފަހަރަށް ވޯލްޑްކަޕްގެ ތަށި އުފުލާލުމުގެ ޝަރަފު މެސީ ހޯދި ފަހުން މަސް ދުވަސްވެގެން ދިޔައީއެވެ.
ވޯލްޑްކަޕް ކާމިޔާބު ކުރިތާ މަސް ދުވަސް ފަހުން، މެސީވަނީ މުބާރާތާ ގުޅޭ ބައެއް ވާހަކަތައް ދައްކާފައެވެ. މެސީގެ ވާހަކަތަކުގައި އެންމެ މުހިއްމު ކަމެއްގެ ގޮތުގައި ފާހަގަ ކުރީ ވޯލްޑްކަޕަށް ފަހު ހުރިހާ ކަމެއް ބަދަލުވެފައިވާ ވާހަކައެވެ. 

ދުނިޔޭގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމް ހަތް ފަހަރު ހޯދާފައިވާ އުމުރުން 35 އަހަރުގެ މެސީ ވޯލްޑްކަޕާ ކުރިމަތިލީ ބާސެލޯނާއިން ފްރާންސްގެ ޕީއެސްޖީއަށް ބަދަލުވުމަށް ފަހުއެވެ.
ގިނަ ދުވަސްތަކެއް ވަންދެން ބާސެލޯނާގައި ކުޅުމަށް ފަހު ޕީއެސްޖީއަށް ބަދަލުވި މެސީ، ކެރިއަރު ނިންމާލާނީ ޕީއެސްޖީގައި ކަމަށް ކުރިން ބެލެވުނު ނަމަވެސް އެކަންވެސްވަނީ ވޯލްޑްކަޕާއެކު ބަދަލުވެފައެވެ. 

އެކަމުގެ މައިގަނޑު ސަބަބަކީ ފުޓްބޯޅައިގައި މެސީ ދެން އިތުރަށް ސާބިތުކޮށްދޭން ޖެހޭ ކަމެއް، ހާސިލް ކުރަން ޖެހޭ ކަމެއް ނެތުމުންނެވެ. އަށް ވަނަ ފަހަރަށް ދުނިޔޭގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމް މެސީއަށް ލިބޭނެ ކަމާމެދުވެސް ޝައްކެއް ނެތެވެ. 

ވޯލްޑްކަޕް ހާސިލް ކުރަން އަހަރެން މަސައްކަތް ކުރާތާ އެތައް ދުވަހެއް ވެއްޖެ. އެކަމަކު އެކަން އަދި މިހާސިލުވީ. މި ކާމިޔާބީއާއެކު އަހަރެން ބުނާނީ ހުރިހާ ކަމެއް ބަދަލުވެއްޖެއޭ.

ހުރިހާ ކަމެއް ބަދަލުވެއްޖެ ކަމަށް މެސީ ބުނި ބުނުން އެއްބަޔަކު މާނަކުރަނީ މެސީ އަލުން އެނބުރި ބާސެލޯނާއަށް ދިޔުމެވެ. އަނެއް ބަޔަކު ދެކޭ ގޮތުގައި ފުޓްބޯޅައިގައި މެސީ ދެން އިތުރަށް ހާސިލް ކުރަން ޖެހޭ އެއްވެސް ކަމެއް ނެތުމުން މެސީ ދެން ބަދަލުވާނީ ވާދަވެރި ރޮނާލްޑޯ ކުޅެމުން އަންނަ ސައުދީ ލީގަށެވެ. ސައުދީގެ އެމްބެސަޑަރެއްގެ ގޮތުގައި މިހާރުވެސް ހުރި މެސީއަށް ދުނިޔޭގެ އެންމެ ބޮޑު މުސާރަ ސައުދީން މިހާރުވެސްވަނީ ހުށަހަޅާފައެވެ. އެކަމަކު އެކަމާ ގުޅޭ ގޮތުން އަދި ވާހަކައެއް ނުދެކެވެ.

83%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
13%
ސަތޭކައަކުން ސުމެއް
4%
ވަރަށް ސަލާމް
ކޮމެންޓްސް