ކޮޗިންގައި ދިވެހި ޒުވާނަކު ގެއްލިގެން ހޯދަނީ
ސީއެންއެމް ނިއުސް ޓީމް
31 ޖެނުއަރީ 2023 - 18:33:18
ގިނަ އަދަދެއްގެ ދިވެހިން ބޭސްފަރުވާއަށްދާ އިންޑިއާގެ ކޮޗިންގައި ދިވެހި ޒުވާން ފިރިހެނަކު ގެއްލިގެން ހޯދަންފަށައިފި އެވެ.
ގެއްލިގެން ހޯދަނީ ކ ތުލުސްދޫ، ޕަރިސްތާ، މުހައްމަދު މަހްދީ (35) އެވެ.
ބައްޕައާއި ޅިޔަނަކާ އެކު އިންޑިއާއަށް ބޭސްފަރުވާއަށް ގޮސް ހުއްޓާ މިއަދު ހެނދުނު ގެއްލުނީ އަމްރިތާ ހޮސްޕިޓަލް ތެރެއިންކަމަށް އާއިލާއިން ބުނެއެވެ.
މަހްދީ އަކީ ނަފްސާނީ މައްސަލަ ހުންނަ ޒުވާނެއްކަމަށާއި އޭނާ ގެއްލުމުން އިންޑިއާ ފުލުހުންނާއި ދިވެހިން ފުލުހުންނާއި ރާއްޖޭގެ ފޮރިން މިނިސްޓްރީއަށް އެ މައުލޫމާތު ހިއްސާކޮށްފައިވާކަމަށް އާއިލާއިން ބުނެއެވެ.
އޭނާގެ އެއްވެސް މައުލޫމާތެއް ލިބިއްޖެނަމަ 7889180 ނަންބަރު އަދި 7971667 ނަންބަރަށް މައުލޫމާތު ހިއްސާކުރުމަށްވެސް އާއިލާއިން އެދެއެވެ.
50%
ކަމުގޮސްފި
50%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް