
އެމްޓީސީސީން އާންމުކުރި މިދިޔަ އަހަރުގެ ހަތަރު ވަނަ ކުއާޓަރުގެ ރިޕޯޓުގައިވާ ގޮތުން:
- އާމްދަނީގެ ގޮތުގައި 741 މިލިއަން ރުފިޔާގެ ލިބިފައިވޭ
- ތިންވަނަ ކުއާޓަރުގައި އާމްދަނީގެ ގޮތުގައި ލިބިފައިވަނީ 593 މިލިއަން ރުފިޔާ
- މިއީ 24 އިންސައްތައިގެ އިތުރުވުމެއް
އަހަރުގެ ފަހު ކުއާޓަރުގައި އެ ކުންފުންޏަށް ލިބުނު އާމްދަނީ އިތުރުވެފައިވީ ނަމަވެސް، ޓެކްސްއަށް ކެނޑުމަށްފަހު ސާފު ފައިދާގެ ގޮތުގައި ލިބުނު އާމްދަނީ ވަނީ ތިންވަނަ ކުއާޓަރާ އަޅާބަލާއިރު ދަށްވެފައެވެ.
- ހަތަރުވަނަ ކުއާޓަރުގައި ފައިދާގެ ގޮތުގައި ލިބިފައިވަނީ 30.2 މިލިއަން ރުފިޔާ
- ތިންވަނަ ކުއާޓަރުގައި ފައިދާގެ ގޮތުގައި 40.5 މިލިއަން ރުފިޔާ ލިބިފައިވޭ
އެމްޓީސީސީގެ ރިޕޯޓުގައި ބުނެފައިވަނީ އެ ކުންފުންޏަށް ނިމިދިޔަ އަހަރުގެ ފަހު ކުއާޓަރުގައި ސާފު ފައިދާގެ ގޮތުގައި ލިބުނު އާމްދަނީ ދަށްވެފައިވަނީ ދުނިޔޭގެ ބާޒާރުގައި ތަކެތީގެ އަގުތައް އުފުލެމުން ދިޔުމާ ގުޅިގެން ތަކެތި ގަތުމަށް ކުރަން ޖެހޭ ހޭދަ އިތުރުވެފައި ވުމުގެ ސަބަބުން ކަމަށެވެ.
މިދިޔަ އަހަރުގެ ފަހު ކުއާޓަރުގައި އެ ކުންފުނިން އުމްރާނީ ތަރައްގީގެ،
- 125 މަޝްރޫއެއްގެ މަސައްކަތް ކުރިޔަށް ގެންގޮސްފައިވޭ
- އަށް މަޝްރޫއެއްގެ މަސައްކަތް ނިންމާފައިވޭ
- 15 މަޝްރޫއެއްގެ މަސައްކަތް ފަށާފައިވޭ
އެމްޓީސީސީން ނެރުނު ތަފާސް ހިސާބުތަކަށް ބަލާއިރު މިދިޔަ އަހަރު އެ ކުންފުންޏަށް ލިބުނު ޖުމްލަ އާމްދަނީ އޭގެ ކުރީ އަހަރާ އަޅާބަލާއިރު ވަނީ އިތުރުވެފައެވެ.
- މިދިޔަ އަހަރު 2.4 ބިލިއަން ރުފިޔާ ލިބިފައިވޭ
- 2021 ވަނަ އަހަރު ލިބިފައިވަނީ 1.9 ބިލިއަން ރުފިޔާ
- މިއީ 26 އިންސައްތަ އިތުރު އަދަދެއް