ads
އުރީދޫ
އުރީދޫ އިން ސެމްސަންގް ގެލެކްސީ އެސް20 އަދި އެސް 20+ އަށް ޕްރީއޯޑާ ހުޅުވާލައިފި
އުރީދޫ މޯލްޑިވްސް އިން ސެމްސަންގް ގެލެކްސީ އެސް 20 އަދި އެސް 20 ޕްލަސް އަށް ޕްރީއޯޑާ ކުރަން ހުޅުވާލައިފިއެވެ.

އުރީދޫއިން ސެމްސަންގް ގެލެކްސީ އެސް 20ގެ 128 ޖީބީ ފޯނެއްގެ އަގަކީ 15،499 ރުފިޔާއެވެ އަދި ސެމްސަންގް ގެލެކްސީ އެސް 20 ޕްލަސް 128 ޖީބީ ފޯނެއްގެ އަގަކީ 17،199 ރުފިޔާއެވެ. 

ކަސްޓަމަރުންނަށް ފަސޭހަ ވާނެ ގޮތަށް ފޯނުތައް ވިއްކުމުގެ ގޮތުން 12 މަސް ދުވަހުގެ ތެރޭގައި ފައިސާ ދައްކާ ހަލަސްކުރާގޮތަށް މަހަކު 1058.33 ރުފިޔާ ދެއްކޭ ޕެކޭޖެއް އުރީދޫ އިން ވަނީ ތައާރަފްކޮށްފައެވެ. 

މި ޕެކޭޖްގެ ދަށުން  ސެމްސަންގް ގެލެކްސީ އެސް 20 ސީރީޒްގެ ފޯނު ގަންނަ ފަރާތްތަކަށް، 2020 ވަަނަ އަހަރު ނިމެންދެން ކޮންމެ މަހަކު 2 ޖީބީ ޑޭޓާ ހިލޭ ލިބޭނެ ކަމަށް އުރީދުން ބުނެއެވެ. އަދި ޕްރީއޯޑާ ކޮށްގެން ބައްލަވައި ގަންނަ ކޮންމެ ގެލެކްސީ އެސް 20 ޕްލަސްގެ ފޯނަކާއި އެކު  ގެލެކްސީ ބަޑްސް މުޅިން ހިލޭ ލިބިގެންދާނެ ކަމަށް ވެސް އުރީދޫ އިން ވަނީ ބުނެފައެވެ. 

އުރީދޫ އެޕްގައި ހިމެނޭ އުރީދޫގެ އީކޮމާސް ޕްލެޓްފޯމް، މޫލީ މެދުވެރިކޮށް، ރާއްޖޭގެ ކޮންމެ ހިސާބަކަށް ވެސް ހިލޭ ޑެލިވަރީއާއި އެކު ސެމްސަންގް ގެލެކްސީ ގެ އާ ޑިވައިސްތަކަށް ޕްރީ އޯޑަރު ކުރެވޭނެ ކަމަށް އުރީދޫއިން މައުލޫމާތު ދެއެވެ. 

ސެމްސަންގް ގެލެކްސީ އެސް 20 އާއި އެސް 20 ޕްލަސްގައި 12 މެގަޕިކްސެލްގެ ވައިޑް އޭންގަލް ކެމެރާ ހުރެއެވެ. ސެލްފީ ކެމެރާ އަށް ބަލާއިރު އެސް 20 އާއި އެސް 20 ޕްލަސްގެ ސެލްފީ ކެމެރާގައި ހުންނަނީ 10 މެގަޕިކްސެލްއެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް