ފިޝަރީޒް މިނިސްޓްރީން ފެނަކަ އާ ހަވާލުކޮށްފައިވަނީ ގދ. ފިޔޯރީ އަދި ގދ. މަޑަވެލީގައި އައިސް ޕްލާންޓެއް އެޅުމަށެވެ.
އައިސް ޕްލާންޓް އެޅުމުގެ މަސައްކަތް ކުރުމަށް ފެނަކަ އާ ހަވާލުކުރުމަށް ފިޝަރީޒް މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތެއްގައި މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ޑިރެކްޓަ ޖެނެރަލް އަހުމަދު ޔާމީނެވެ. ފެނަކައިގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ސައީދު މުހައްމަދެވެ.
ފިޝަރީޒް މިނިސްޓްރީން ބުނެފައިވަނީ އެ ދެ ރަށުގައިވެސް ގާއިމުކުރުމަށް ހަމަޖެހިފައިވަނީ
މިހާތަނަށް މި ސަރުކާރުން ރާއްޖޭގެ 10 ރަށެއްގައި 25 ޓަނުގެ އައިސް ޕްލާންޓްތައް ގާއިމުކޮށްފައިވެއެވެ. އޭގެތެރޭގައި، ރ. މަޑުއްވަރި، ބ. ތުޅާދޫ، ޅ. ފެލިވަރު، ކ. ގާފަރު، ފ. ފީއަލި، ފުވައްމުލައް ސިޓީ އަދި ސ. ހުޅުމީދޫގައި ދެ އައިސްޕްލާންޓް ހިމެނެއެވެ. ސަރުކާރުގެ ފަރާތުން ދަނީ މި އަހަރު ނިމުމުގެ ކުރިން އިތުރު 15 އައިސް ޕްލާންޓް އެޅުމުގެ މަސައްކަތް ކުރަމުންނެވެ.