
މިއީ ދުނިޔޭގެ އެންމެ މަޝްހޫރު ސްޕީޑް ޓެސްޓު ހަދާ ކުންފުނި ކަމަށްވާ "އޫކްލާ" އިން ދޭ މި އެވޯޑް ދިރާގަށް ލިބުނު ދެވަނަ ފަހަރެވެ. ދިރާގަށް މި އެވޯޑް 2021 ވަނަ އަހަރުވެސް ވަނީ ލިބިފައެވެ.
އޫކްލާގެ އެންމެ ފަހުގެ ސްޕީޑް ޓެސްޓު ރިޕޯޓުން ދައްކާ ގޮތުގައި ދިރާގުން ވަނީ މިދިޔަ އަހަރުގެ އެންމެ ހަލުވި ސްޕީޑް ހޯދައި ރާއްޖޭގެ މޮބައިލް މާކެޓް ލީޑަރުގެ މަގާމު ހޯދާފައެވެ.
- ދިރާގުން ރާއްޖޭގައި މީހުން ދިރިއުޅޭ 187 ރަށާއި ރިސޯޓުތަކާއި ސިނާއީ މަސައްކަތް ކުރާ ރަށްރަށުގައި 100 އިންސައްތަ މޮބައިލް 4ޖީ ކަވަރޭޖް ފޯރުކޮށްދޭ
ދިރާގުން ބުނެފައިވަނީ އެ ކުންފުންޏަށް ލިބުނު މި ބައިނަލްއަގްވާމީ އެވޯޑަކީ ދިރާގުގެ ދިގު ހިދުމަތުގެ ތާރީހުގައި އެކުންފުނީގެ ކަސްޓަމަރުންނަށް ފުރިހަމަ ތަޖުރިބާއެއް ފޯރުކޮށްދީ އެފަރާތްތަކަށް ބިނާކުރަމުންދާ "ޑިޖިޓަލް ފިއުޗަ" އަށް ތައްޔާރުވުމަށް ކޮށްދެމުންދާ މަސައްކަތުގެ ހެއްކެއް ކަމަށެވެ.
ދިރާގުން ބުނި ގޮތުގައި އެ ކުންފުނިން އަބަދުވެސް މަސައްކަތް ކުރަމުން ދަނީ ރާއްޖޭގައި ދިރިއުޅޭ ހުރިހާ ފަރާތްތަކެއްގެ ދިރިއުޅުން ފާގަތިކޮށް، ހަރުދަނާ އަދި ބާރުވެރި ޑިޖިޓަލް މުޖުތަމައެއް ބިނާކުރުމަށް ކަމުގައެވެ.