ބައްސާމް އޭއެފްސީގެ އެކްސްކޯއަށް އިންތިހާބުވީ މިއަދުއެވެ. ބައްސާމްގެ ޓާމަކީ ކުރިއަށް އޮތް ހަތަރު އަހަރު ދުވަހެވެ.
އޭއެފްސީގެ އެކްސްކޯގެ މަގާމަށް ބައްސާމް އިންތިހާބުވީއިރު، ދިވެހި ފުޓްބޯޅަ އޮތީ މީން ޒަމާނަކު ނުވެއްޓޭހާ ދަށަށް ވެއްޓިފައެވެ. އެފްއޭއެމްގެ މުވައްޒަފުންނަށް މުސާރަ ނުދޭ މައްސަލަ ފެންމަތިވެފައިވާއިރު، އެ އިދާރާގެ ކަރަންޓް ބިލް ނުދައްކައިގެން ކަރަންޓް މި ފަހުން ކަނޑާލިއެވެ. ބިދޭސީ ކޯޗުންނަށް މުސާރަ ނުދީގެން ފީފާގެ އެންގުންތައް އައެވެ. އަދި ރާއްޖޭގައި ކުޅޭ ބިދޭސީ ކުޅުންތެރިއަކު މުސާރަ ނުދީގެން ބަނޑުހައި ހޫނު ކަމުގެ ހަޅުތާލެއް ރަސްމީ ބޯޅަ ދަނޑުގައިވެސް މި ފަހުން ހެދިއެވެ.