ads
ސައުދީއަށް އޭޝިއަންކަޕް ބިޑް ކާމިޔާބުވުމުން ލިޔުން ހަވާލުކުރަނީ
2027 ވަނަ އަހަރުގެ އޭޝިއަން ކަޕް ސައުދީގައި
އޭޝިއާގެ ގައުމުތަކުގެ މެދުގައި ކުޅެވޭ އެންމެ ބޮޑު ފުޓްބޯޅަ މުބާރާތް ކަމަށްވާ އޭޝިއަންކަޕް، 2027 ވަނަ އަހަރު ސައުދީ އަރަބިއްޔާގައި ބާއްވާ ގޮތަށް ހަމަ ޖެހިއްޖެއެވެ.
Advertisement

އޭޝިއާގެ ގައުމުތަކުގެ މެދުގައި ކުޅެވޭ އެންމެ ބޮޑު ފުޓްބޯޅަ މުބާރާތް ކަމަށްވާ އޭޝިއަންކަޕް، 2027 ވަނަ އަހަރު ސައުދީ އަރަބިއްޔާގައި ބާއްވާ ގޮތަށް ހަމަޖެހި، އެކަން އިއުލާން ކުރީ ބަހްރޭންގައި މިހާރު ފެށިގެން ކުރިއަށްދާ އޭއެފްސީގެ ކޮންގްރެސްގައެވެ. 

2027 ވަނަ އަހަރުގެ އޭޝިއަންކަޕް ސައުދީ އަރަބިއްޔާގައި ބޭއްވޭއިރު، އެ މުބާރާތް ވެގެންދާނީ ސައުދީ އަރަބިއްޔާގައި އޭޝިއަން ކަޕް ބާއްވާ ފުރަތަމަ ފަހަރަށެވެ. ސައުދީ އަރަބިއްޔާއިން އެ މުބާރާތަށް ދަނޑުތައް މަރާމާތު ކުރުމުގެ އިތުރުން މުޅިން އާ ދަނޑުތަކެއްވެސް އިމާރާތް ކުރާނެއެވެ. 2027 ވަނަ އަހަރުގެ އޭޝިއަން ކަޕްގެ ބިޑު ސައުދީން ކާމިޔާބުކުރިއިރު އެ ގައުމުން އަންނަނީ 2030 ވަނަ އަހަރުގެ ވޯލްޑްކަޕް ފުޓްބޯޅަ މުބާރާތް ހޯސްޓް ކުރުމުގެ ފުރުސަތު ހޯދުމަށް މިހާރުއްސުރެ މަސައްކަތް ކުރަމުންނެވެ. 

2027 ވަނަ އަހަރުގެ އޭޝިއަން ކަޕް ސައުދީގައި ބާއްވާނެކަން އިއުލާން ކުރި އޭއެފްސީގެ ކޮންގްރެސްގައި ފީފާގެ ރައީސްގެ އިތުރުން ސައުދީގެ ކުޅިވަރު ވަޒީރު ބައިވެރިވެވަޑައިގެންނެވިއެވެ. 

2027 ވަނަ އަހަރުގެ އޭޝިއަންކަޕްގެ ބިޑު ސައުދީ އަރަބިއްޔާއަށް ކާމިޔާބުވީ، އިތުރު އެހެން އެއްވެސް ގައުމަކާ ވާދަނުކޮށެވެ. 2027 ވަނަ އަހަރުގެ އޭޝިއަން ކަޕަށް ބިޑް ކުރަން އިންޑިޔާއިން ކުރިން ޝައުގުވެރިވެ ބިޑް ކުރިނަމަވެސް އިންޑިޔާގެ ހުށަހެޅުން އެ ގައުމުންވަނީ ފަހުން އަނބުރާ ގެންގޮސްފައެވެ. 

ސައުދީގެ ފުޓްބޯޅަ ވަރުގަދަ ކުރުމަށް އެ ގައުމުން އަންނަނީ ބޮޑު ހޭދައެއް ކުރަމުންނެވެ. 

50%
ކަމުގޮސްފި
50%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް