
ޑރ. މުހައްމަދު މުއިއްޒު
ޝަރުއީ ދާއިރާއަށް ހަމަލާދޭ މޮޔައެއް އެބައުޅޭ، އޭނާ ހުއްޓުވާ: މުއިއްޒު
އަހުމަދު ހަސަން
13 މޭ 2025 - 22:07:45
ޝަރުއީ ދާއިރާއަށް ހަމަލާދޭ މޮޔައެއް އެބައުޅޭ، ކަމަށާއި އޭނާ ހުއްޓުވަން ޖެހޭ ކަމަށް ޑރ. މުހައްމަދު މުއިއްޒު ވެރިކަމަށް ވަޑައިގެންނެވުމުގެ ކުރިން ވިދާޅުވި ޓްވިޓަރ ޕޯސްޓެއް ސޯޝަލް މީޑިއާގައި ވައިރަލް ވެއްޖެއެވެ.
ސުޕްރީމް ކޯޓުގެ ތިން ފަނޑިޔާރުން ސަސްޕެންޑްކޮށް، އޭގެ ތެރެއިން ދެ ފަނޑިޔާރުން މަގާމުން ވަކިކުރުން، ރައީސް މުއިއްޒުގެ ފުލް ކޮންޓްރޯލް އޮންނަ މަޖިލީހުގެ މާދަމާގެ ޖަލްސާއަށް އެޖެންޑާކޮށްފައިވާއިރު، ވައިރަލް ވެގެން އުޅޭ ޑރ. މުއިއްޒުގެ ޓްވީޓަކީ، 2011 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހު މުއިއްޒު ކުރެއްވި ޓްވީޓެކެވެ.
ރައީސްކަމަށް ވަޑައިގެންނެވުމުގެ ކުރީގެ ޓްވީޓެއް ސޯޝަލް މީޑިއާގައި އަލުން ވައިރަލް ވެފައިވާއިރު، ޖުޑީޝަރީއަށް އެއްވެސް ގޮތަކަސް ނުފޫޒު ނުފޯރުވާ ކަމަށް ރައީސް އަންނަނީ ތަކުރާރުކޮށް ވިދާޅުވަމުންނެވެ.
ގާނޫނާ ހިލާފަށް ދެ ފަނޑިޔާރުން ވަކިކުރުމުގެ މައްސަލައިގައި އެތައް ބަޔަކު ނުރުހުން ފާޅުކުރަމުން އަންނައިރު، ސަރުކާރުން ބޭނުންވަނީ އެ ފަނޑިޔާރުން ވަކިކުރަންކަންވަނީ އެނގިފައެވެ. އެ މައްސަލަ މާދަމާގެ މަޖިލީހުގެ ޖަލްސާއަށްވަނީ އެޖެންޑާކޮށްފައެވެ.
0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް