ads
ފިނޭންސް މިނިސްޓަރ އިބްރާހިމް އަމީރު
ފިނޭންސް މިނިސްޓަރަށް ލަފާދޭނެ ބޭފުޅަކު ހޯދަނީ
ފިނޭންސް މިނިސްޓަރަށް ލަފާ ދެއްވާނެ އިކޮނޮމިސްޓެއް ހޯދަން އެ މިނިސްޓްރީން އިއުލާނުކޮށްފި އެވެ.

ފިނޭންސް މިނިސްޓްރީން ކޮށްފައިވާ އިއުލާނުގައިވާ ބުނެފައިވަނީ އެމަގާމަށް ހޮވޭ ބޭފުޅަކަށް  އަސާސީ މުސާރައިގެ ގޮތުގައި 19،800 ރުފިޔާއާއި އެލަންވަންސްގެ ގޮތުގައި 11،340 ރުފިޔާ އަދި އޮފީހަށް ނިކުންނަ ކޮންމެ ދުވަހަށް 307 ރުފިޔާ ލިބޭނެކަމަށެވެ.

އެމަގާމަށް ކުރިމަތި ލެވޭނީ އިގްތިސާދީ ދާއިރާއިން ޕީއެޗްޑީ ހާސިލުކޮށްފައިވާ އަދި މަގާމުގެ މަސައްކަތުގެ ދާއިރާއެއްގައި ހަތަރު އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވާ ފަރާތްތަކަށެވެ.

މި މަގާމުގެ ޒިންމާގެ ތެރޭގައި ރާއްޖޭގެ ތަރައްގީގެ ގައުމީ ޕްލޭނާއި އެއްގޮތަށް އިގްތިސާދީ ލަނޑުދަނޑިތައް ކަނޑައެޅުމާއި ސިޔާސަތުތައް އެކުލަވާލައި، ދިރާސާކޮށް ޑޭޓާ އެނަލައިޒް ކުރުމުގެ އިތުރުން  ރާއްޖޭގެ އިގްތިސާދުގެ ފޯކާސްޓިން އާއި ފިސްކަލް ޕޮލިސީތައް އެކުލަވައިލާން ޖެހޭނެއެވެ.

އަދި ރާއްޖޭގެ އިގްތިސާދަށް އަންނާނެ ބަދަލުތަކުގެ ފޯކާސްޓް ތައްޔަރުކުރުމާއި މޮނިޓާ ކުރުމާއި ނޭޝަނަލް މެކްރޮ އިކޮނޮމިކް ޕޮލިސީ އާއި ފައިނޭންޝަލް ޕޮލިސީތައް ބަލައި އެކަމާ ގުޅޭ އުސޫލުތައް ހެދުމާއި އެކަމާއި ގުޅޭ އިގްތިސާދީ ފްރޭމްވޯކާއި މަޝްރޫއުތަކަށް ފައިސާ ބަޖެޓުކުރުމުގައި އިސްކަން ދޭންޖެހޭނެ ކަންކަމަށް ކަނޑައަޅުމަކީވެސް އިކޮނޮމިސްޓްގެ ޒިންމާއެކެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް