އާލިއާގެ ވަކީލު މިއަދު މިއަދު ނެރުނު ނޫސް ބަޔާނެއްގައި ބުނެފައިވަނީ، އެންމެ އަސާސީ ހައްގުތަކުން އާލިޔާ މަހުރޫމްކޮށްފައިވާކަމަށެވެ.
މިގޮތުން ނިދުމާ، ކެއުމާއި ފެންވެރުމުން އޭނާ މަހުރޫމުކޮށްފައިވާކަމަަށް ވަކީލު ތުހުމަތު ކުރެއެވެ.
އާލިއާއަށް އެހީތެރިވުމަށް ފުލުހުންވެސް ގޮސްފައި ނުވާކަމަށާ، އޭގެ ބަދަލުގައި އާލިއާއަށް ފުލުހުން ވެސް ކުރީ ފުރައްސާރަކަމަށް ވަކީލުގެ ބަޔާނުގައިބުނެފައިވެއެވެ. މިގޮތުން އާލިޔާ އަކީ ނަވާޒުއްދީން ސިއްދީގީގެ އަންބެއްތޯ؟ އާއި އޭނާގެ އެންމެ ހަގު ފިރިހެން ދަރިފުޅަކީ ނަވާޒުއްދީންގެ ދައިރެއްއް ކަމާމެދު ވެސް ފުލުހުން ސުވާލު އުފެއްދިކަމަށް ވަކީލުގެ ބަޔާނުގައި ބުނެފައިވެއެވެ.
މީގެ އިތުރުން އޭނާގެ ކްލައިންޓު އާލިއާ އަށް ބަޔާނުގައި ފިންގާޕްރިންޓު ޖެހުމަށް ވެސް ވަނީ ފުލުހުން ހުރަސްއަޅާފައިކަމަށް ވަކީލު ބުނެއެވެ. ނަމަވެސް ވަރަށް އުނދަގުލުން އާލިއާ ގެ ފިންގާ ޕްރިންޓު ހޯދައި ކޯޓަށް މައްސަލަ ހުށަހަޅާފައިވާކަމަށް ވަކީލުގެ ބަޔާނުގައި ބުނެފައިވެއެވެ.
އާލިއާގެ މައިދައިތަ ވަނީ އާލިއާ އާ ދެކޮޅަށް ފުލުހުގައި މައްސަލައެއް ޖައްސާފަ:
ވަރްސޯވާ ޕޮލިސް ސްޓޭޝަނަށް ހާޒިރުވުމަށް އާލިޔާ އެންގީ، އައިޕީސީގެ 452، 323، 504 އަދި 506 ވަނަ މާއްދާގެ ދަށުން ހުއްދަ ނެތި ތަނަކަށް ވަނުމުގެ ކުށުގެ ދައުވާއާއި ޖިނާއީ ގޮތުން ބިރުދެއްކި ކަމަށް ބުނެ އޭނާގެ މައިދައިތަ މެހްރޫނިސާގެ ފަރާތުން ޝަކުވާއެއް ހުށަހަޅާފައިވާތީ އެވެ.
މީގެ ކުރިން އީޓައިމްސް އަށް ދިން އިންޓަވިއުއެއްގައި އާލިޔާ ބުނެފައިވަނީ އޭނާގެ ފިރިމީހާ ރަށުން ބޭރުގައި ޝޫޓިންއަކަށް ފުރިފަހުން އޭނާގެ ގެއަށް ވަނުމުގެ ހުއްދަ ނުދޭ ކަމަށް މައިދައިތަ ބުނެފައިވާކަމަށެވެ. ނަވާޒާއި އޭނާގެ ދެވަނަ ދަރިފުޅު، ޔާނީ އަކީ ހަރާން ކުއްޖެއް ކަމަށް އޭނާގެ މައިދިއިތަ ބުނެފައިވާކަމަށް ވެސް އާލިއާ ބުނެފައިވެއެވެ.
ނަވާޒުއްދީން ސިއްދީގީ އަކީ ކާކު؟
ބޮލީވުޑްގައި ހޮވާލެވޭ އެންމެ މަތީ ފެންވަރުގެ އެކްޓަރުންގެ ތެރޭގައި ހިމެނޭ އެކަކަކީ ނަވާޒުއްދީން ސިއްދީގީއެވެ. އޭނާ ވަނީ ހޮލީވުޑުގެ މަޝްހޫރު ފިލްމުތަކުގައި ވެސް އެކްޓުކޮށްފައެވެ.
ސިއްދީގީ އެންމެ ބޮޑަށް މަޝްހޫރުވެފައިވަނީ 2013 ވަނަ އަހަރުގެ ކާންސް ފިލްމް ފެސްޓިވަލްގައި އިންޓަނޭޝަނަލް ކްރިޓިކްސް ވީކްގެ ބައެއްގެ ގޮތުގައި ޕްރިމިއާ ކުރި "ދަ ލަންޗްބޮކްސް (2013)" އިންނެވެ. 2018 ވަނަ އަހަރުގެ "އޭޝިއަން ޕެސިފިކް ސްކްރީން އެވޯޑްސް" އަދި "ރަމަން ރާއަަވް 2.0" ކުޅެގެން ސްޕެއިންގައި "ފެންސިން މަލާގާ އެވޯޑާ"، "އޭޝިއަން ޕެސިފިކް ސްކްރީން އެވޯޑްސް" ގައި ވެސް އެންމެ މޮޅު އެކްޓަރުގެ ކެޓަގަރީން ނަވާޒުއްދީން ވަނީ ކާމިޔާބު ހޯދާފައެވެ. ނަވާޒުއްދީން ސިއްދީގީ އަކީ ދުނިޔޭގެ މަޝްހޫރު ކާންސް ފިލްމް ފެސްޓިވަލްގައި ރަސްމީކޮށް 8 ފިލްމު ހޮވައި ދައްކާފައިވާ ހަމައެކަނި އެކްޓަރެވެ.
ދާދިފަހުން ނަވާޒުއްދީން ސިއްދީގީއަށް ވަނީ ދުނިޔޭގެ ފެންވަރުގައި ފާހަގަކޮށްލެވޭ ސީރީޒް ސެކްރެޑް ގޭމްސް އިން ސިންގަޕޫރު އިންޓަނޭޝަނަލް ފިލްމް ފެސްޓިވަލް ގައި އެންމެ މަތީ ޝަރަފުވެރި އިނާމު ހޯދާފައެވެ.