ads
މި މަހުގެ 11 ވަނަ ދުވަހު އާންމުންނަށް ހުޅުވާލުމަށް ވަނީ ނިންމާފައި - ފޮޓޯ:އެޗްޑީސީ
މި މަހުގެ 11 ވަނަ ދުވަހު ކުޑަގިރި ހުޅުވާލަނީ
މާލެ ސަރަހައްދުގެ ރައްޔިތުން ދަތުރު ދިޔުމަށް ތަރައްގީ ކުރަމުންދާ ކުޑަގިރި މި މަހުގެ 11 ވަނަ ދުވަހު ރަސްމީކޮށް ހުޅުވާލުމަށް ސަރުކާރުން ނިންމަވައިފިއެވެ.

ނޫސްވެރިންނާ ބައްދަލުކުރައްވާ ވާހަކަފުޅު ދައްކަވަމުން ރައީސް އޮފީހުގެ ތަރުޖަމާން މިއުވާން މުހައްމަދު ވިދާޅުވެފައިވަނީ ކުޑަގިރި ރަސްމީކޮށް ހުޅުވާދެއްވުމަށް ހަމަޖެހިފައިވަނީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ކަމަށެވެ.

ކުޑަގިރި ތަރައްގީ ކުރުމުގެ މަޝްރޫއަކީ ރައީސް ސޯލިހުގެ ވައުދުތަކުގެ ތެރެއިން ދުޅަހެޔޮ، ހިތްފަސޭހަ އަދި އިޖުތިމާއީ ގުޅުމާއި ހަމަޖެހުން ދެމެހެއްޓުމާއި ރައްޔިތުންގެ ނަފްސާނީ ދުޅަހެޔޮކަން އިތުރުކޮށްދިނުމަށް ވީ ވައުދު ފުއްދުމަށް މާލެ ސަރަހައްދުން ދަތުރު ދާނެ ރަށެއް ކަނޑައެޅުމަށް ކުރެވުނު މަސައްކަތްތަކުގެ ތެރެއިން ފެށުނު މަޝްރޫއެކެވެ.

މާލެ އާ މާ ދުރު ނޫން ހިސާބެއްގައި އޮތް ކުޑަގިރި ފަޅުން އަށް ހެކްޓަރު ބިން ހިއްކައިގެން ތަރައްގީ ކުރެވުނު މި ރަށަށް ދަތުރުދާ ފަރާތްތަކަށް ބޭނުންވާނެ ގިނަ ވަސީލަތްތަކާއި ހިދުމަތްތައް ލިބޭނޭހެން ރަށް ވަނީ ތައްޔާރުކޮށްފައެވެ. އާންމުންނަށް ބޭނުންވާނެ އަސާސީ ކަންކަމުން ފެށިގެން އިތުރު އެހެން ވަސީލަތްތަކާ އެކު، ކުޑަގިރި ވާނީ މީގެ ކުރިން ދަތުރު ދިޔަ ރަށްތަކާ ތަފާތު ރަށަކަށެވެ.

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް