ads
އިންޑިޔާ އައުޓް ކެމްޕެއިންގެ ތެރެއިން
އިންޑިޔާ އައުޓް ޖަހައިގެން އެއްގޭން ދެ މީހުން ޖަލަށް
ށ. ފޭދޫގައި ތަރައްޤީ ކުރަމުންދާ ޕްރީސްކޫލް ޢިމާރާތުގެ ވަށާފާރުގެ ބޭރުގައި "އިންޑިޔާ އައުޓް"، އަދި އެ ނޫންވެސް އެކިއެކި ލިޔުންތައް ސްޕްރޭ ކުރި މީހަކު ޖަލަށްލާން އެ ރަށު ކޯޓުން ހުކުމްކޮށްފިއެވެ.

ދައުލަތުން ދައުވާ ކުރި މުދަލަށް ގެއްލުން ދިނުމުގެ ކުށް ސާބިތުވެ ހުކުމެއް އައީ، ށ. ފޭދޫ ޝަފަގު އަހްމަދު ސުލްތާނުގެ މައްޗަށެވެ. މިއީ އިންޑިޔާ އައުޓް ސްޕްރޭކޮށްގެން ހުކުމަކާ ކުރިމަތިވީ ތިންވަނަ މީހާއެވެ. މީގެ ކުރިން ށ. ފޭދޫ ޕްރީ ސްކޫލުގައި ސްޕްރޭ ކުރި މީހަކާ، އަދި ރައީސް ނަޝީދުގެ ގެކޮޅު، ގ. ކެނެރީގޭ ފާރުގައި ސްޕްރޭ ކުރި މީހަކުވެސް ޖަލަށްލާން ހުކުމްކޮށްފައިވެއެވެ. 

މީގެ ތެރެއިން ށ. ފޭދޫ ޕްރީ ސްކޫލުގައި ސްޕްރޭކޮށްގެން ހުކުމެއް އައީ ފަހުންވެސް ހުކުމެއް އައި ގޭ މީހެއްގެ މައްޗަށެވެ.

ށ. ފޭދޫގައި ތަރައްޤީ ކުރަމުންދާ ޕްރީސްކޫލް ޢިމާރާތުގެ ވަށާފާރުގެ ބޭރުގައި "އިންޑިޔާ އައުޓް"، "ސޭވް މޯލްޑިވްސް" "ބޭން އުތެމަ" "ފައްޅީގައި ހުންނަ ކުލަ" ފަދަ އެކި ލިޔުން ލިޔެގެން ކުރިން ހުކުމް ކުރީ ށ. ފޭދޫ ޝަފަގު މުހައްމަދު ސަމާހްގެ މައްޗަށެވެ.

ށ. ފޭދޫން މި ހަފްތާގައި ކުރި ހުކުމުގައި އަހްމަދު ސުލްތާނުގެ މައްޗަށް އިއްވީ ހަތަރު މަހާއި 16 ދުވަހުގެ ޖަލު ހުކުމެކެވެ. އެހެންނަމަވެސް އެ އަދަބުވަނީ ޖޫރިމަނާއަކަށް ލުއިކޮށްދީފައެވެ.

29%
ކަމުގޮސްފި
29%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
43%
ވަރަށް ސަލާމް
ކޮމެންޓްސް