ads
ކްރިސްޓިއާނޯ ރޮނާލްޑޯ ޖެޓުގެ ފަޅުވެރިންނާއެކު
ކްރިސްޓިއާނޯ ރޮނާލްޑޯގެ 25 މިލިއަން ޑޮލަރުގެ ފްރައިވެޓް ޖެޓް ވިއްކާލައިފި
ކްރިސްޓިއާނޯ ރޮނާލްޑޯގެ 25 މިލިއަން ޑޮލަރުގް ފްރައިވެޓް ޖެޓް ވިއްކާލައިފިއެވެ.

ޕެއިންގެ ނޫހެއް ކަމަށްވާ މުންޑޯ ޑިޕޯޓިވޯ އިން ބުނީ ކްރިސްޓިއާނޯ ރޮނާލްޑޯގެ 25 މިލިއަން ޑޮލަރުގެ ޕްރައިވެޓް ޖެޓް ގަންނާނެ މީހަކު މިހާރު ހޯދާފައިވާ ކަމަށެވެ. މި ޖެޓަކީ ގަލްފްސްޓްރީމްގެ "ޖީ200" އެވެ. ޖެޑް އުފެއްދި ކުންފުނިން އުފައްދާފައިވަނީ މީގެ އެންމެ 250 ޖެޓެވެ.

މި މަތިންދާބޯޓު ރޮނާލްޑޯ ގަތީ 2015 ވަނަ އަހަރު އެވެ. އޭނާ މި ޖެޓު ވިއްކާލުމުގެ މަސައްކަތް ފެށީ ނިމުނު 2022 ވަނަ އަހަރުގެ ޖުލައި މަހުއެވެ. 

 

your imageރޮނާލްޑޯގެ އާއިލާ ޖެޓުކައިރީ ފޮޓޯއަކަށް ހުއްޓިގެން

"އަލް ނަސްރު" އަށް ކްރިސްޓިއާނޯ ސޮއިކުރުމާ ގުޅިގެން އާއިލާ ސައުދީ އަރަބިއްޔާއަށް ފުރައިގެން ދިޔައިރު ލޯބިވެރިއާ ޖޯޖިނާ ރޮޑްރިގޭޒް ވަނީ ޖެޓްގެ އަގުބޮޑު އިންޓީރިއާ ދައްކާލަން ބައެއް ފޮޓޯތައް އޭނާގެ އިންސްޓަގްރާމް ޕޭޖުގައި ހިއްސާކޮށްފަ އެވެ.

ރިޕޯޓްތައް ބުނާ ގޮތުގައި މި ޖެޓުގައި ހަތަރު ފަސިންޖަރުންނާއި ފަޅުވެރިންގެ ކުޑަ ކުރޫއެއްގެ ޖާގަ އޮވެއެވެ.

ސްޕެއިންގެ ނޫހެއް ކަމަށްވާ އެސްޑިއާރިއޯ އިން ރިޕޯޓްކޮށްފައިވާ ގޮތުގައި ރޮނާލްޑޯ "ޖީ200" ވިއްކަނީ ބޮޑު ޖެޓަކަށް އަޕްގްރޭޑް ކުރުމުގެ ބޭނުމުގަ އެވެ. ނަމަވެސް އޭނާގެ ޖެޓް ގަންނަނީ ކާކުކަމެއް ހާމައެއް ނުކުރެއެވެ. 

ރޮނާލްޑޯ 2022 ވަނަ އަހަރު ނިމުނުއިރު އަލް ނަސްރުއާއެކު ސޮއިކުރިއިރު، މިއީ ފުޓްބޯޅައިގެ ތާރީހުގައި ވެސް އެންމެ ބޮޑު މުސާރައެއް ލިބޭ އެއް ކޮންޓްރެކްޓެވެ.

your imageރޮނާލްޑޯ އާއިލާއެކު ޖެޓު އެތެރޭގައި

އޭގެ ފަހުން އޭނާ ވަނީ ކުރީގެ ކްލަބް މެންޗެސްޓާ ޔުނައިޓެޑު ދޫކޮށްލުމަށް ފަހު، ސައުދީގެ ރިޔާދު އޭނާގެ ގެއަކަށް ހަދައިފަ އެވެ.

އުމުރުން 37 އަހަރުގެ ސެންޓޭ ދާދި ފަހުން އިނގިރޭސި ނޫސްވެރިޔާ ޕިއާސް މޯގަން އަށް ދިން އިންޓަވިއުއެއްގައި ބުނީ އޭނާ އަކީ "ސައުދީ ދެކެ ވަރަށް ލޯބިވާ މީހެއް ކަމަށާ ދަނޑުގެ ތެރޭގަ އާއި ދަނޑުން ބޭރުގައި ވެސް ސައިދީ ދެކެލޯބިވާ" ކަމަށެވެ.

52%
ކަމުގޮސްފި
22%
އަޑުއެހިތާ މިހުރީ
17%
ސަތޭކައަކުން ސުމެއް
9%
ވަރަށް ސަލާމް
ކޮމެންޓްސް