މޯގަން ބުނީ ސައުދީގެ ރިއާދަށް ކްރިސްޓިއާނޯ ރޮނާލްޑޯ ދިޔަ ދުވަހުން ފެށިގެން ވެސް ދެ މީހުން ފޯނުން މެސެޖުކޮށް ހަދާކަމަށެވެ.
ރޮނާލްޑޯ ސައުދީގެ ފުޓުބޯޅަ ޓީމަށް ސޮއި ކުރީ މިދިޔަ ޑިސެންބަރު މަހުގެ ތެރޭގަ އެވެ. އަދި މިއަހަރުގެ ޖެނުއަރީ އެއް ވަނަ ދުވަހުން ފެށިގެން އެގްރީމަންޓަށް އަަމަލު ކުރަން ފަށާފައިވާއިރު، 2025 ވަނަ އަަހަރުގެ މޭ/ޖޫން ހިސާބަށް އެގްރީމަންޓު ކުރިއަށް ގެންދާނެ އެވެ. މި އެގްރީމަންޓުގެ ސަބަބުން ރޮނާލްޑޯ ވަނީ ދުނިޔޭގެ އެންމެ ބޮޑު މުސާރައެއް ލިބޭ ކުޅުންތެރިއާއަށް ވެފައެވެ. އޭނާގެ މުސާރައަކީ 213 މިލިއަން ޑޮލަރު އެވެ.
ރޮނާލްޑޯ އަލްނަސްރުގައި
ރޮނާލްޑޯއަށް މެންޗެސްޓާ ޔުނައިޓެޑްގެ މެނޭޖްމަންޓުން އިހާނަތިކޮށް ހިތައި އެނާއަށް މަލާމަތް ކުރާކަން އޭނާ ހާމަ ކުރީ މޯގަން އާއި އެކު ކުރިއަށް ގެންދިޔަ އިންޓަވިއުއެއްގެތެރޭގަ އެވެ. އެ އިންޓަވިއުއަށްފަހު މައްސަލަ ހޫނުވެ ރޮނާލްޑޯގެ އެގްރީމަންޓު މެންޗެސްޓާ ޔުނިއަޓެޑުން ނިމުމަކަށް ގެނައެވެ.
ރޮނާލްޑޯގެ ފުރަތަމަ މެޗުގެ ތެރެއިން
މޯގަން ބުނީ ރޮނާލްޑޯ ހުރީ މެންޗެސްޓާ ޔުނިއަޓެޑުން ސަލާމަތްވާނެ ގޮތެއް ނުފެނިފައިކަމަށެވެ. އެއީ ކުލަބުގެ މެނޭޖަރާ މަތީ ރޭންކުގެ އޮފިޝަލުން އޭނާއަށް މަލާމަތްކޮށް އަދި ފުރައްސާރަކޮށް ހަދާތީ އެވެ.
އޭނާ ބުނީ ކުރިއަށް އޮތް އަހަރެއް ނުވަތަ ދެ އަހަރެއްހާ ދުވަހުގެ ތެރޭގައި 'ޗެމްޕިއަންސް ލީގުން' އަނެއްކާ ވެސް ކްރިސްޓިއާނޯ ރޮނާލްޑޯ ފެންނާނެކަމަށް ބެލެވޭކަމަށެވެ.