ads
މިއަދުގެ މުޒާހަރާގެ ތެރެއިން: ފޮޓޯ ޕީޕީއެމް
އިދިކޮޅު މުޒާހަރާގެ ކުރީ ސަފަށް ރައީސް ވަހީދު
ރިޝްވަތާއި މަނީ ލޯންޑްރިންގެ ކުށް ސާބިތުގެ 11 އަހަރަށް ޖަލަށް ލާފައިވާ ކުރީގެ ރައީސް އަބްދުﷲ ޔާމީން މިނިވަން ކުރުމަށް ގޮވާލާ އިދިކޮޅު ކޯލިޝަނުން މިއަދު ކުރިއަށް ގެންދިޔަ މުޒާހަރާގެ ކުރީ ސަފުގައި ކުރީގެ ރައީސް ޑރ މުހައްމަދު ވަހީދު ހަސަން މަނިކު ބައިވެރިވެވަޑައި ގަންނަވައިފިއެވެ.

ދުވަސްތަކެއް ވަންދެން ސިޔާސީ ކަންކަމާއި ދުރުގައި ހުންނެވުމަށްފަހު ރައީސް ވަހީދު އިއްޔެވަނީ އިދިކޮޅު ކޯލިޝަންގެ "ހޯޕް ކޮންފަރެންސް" ގައިވެސް ބައިވެރިވެވަޑައިގެންފައެވެ.

ކޮންފަރެންސްގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވަހީދު ވިދާޅުވީ ސިޔާސީ ކަންކަމާއި ދުރުގައި އަރާމުގައި ހަމަޖެހިގެން އުޅެވެން އޮތް ނަމަވެސް އަނެއްކާވެސް ސިޔާސީ ކަންކަމުގެ ތެރެއަށް ވަޑައިގެންނެވީ ރާއްޖޭގެ ޑިމޮކްރަސީއަށް، ނުރައްކާވެ ޑިމޮކްރަސީ ނެތިހިނގައިދާނެކަމުގެ ބިރަށް ކަމަށެވެ.

އިދިކޮޅު ޕީޕީއެމް ޕީއެންސީ ކޯލިޝަނުން މިއަދު މާލޭގައި ބޭއްވި މުޒާހަރާގެ ކުރީ ސަފުގައި ރައީސް ވަހީދު ހިމެނިވަޑައިގެންނެވިއިރު، ކޯލިޝަންގެ ލީޑަރުންވެސް މުޒާހަރާގެ އިސް ސަފުގައި ބައިވެރިވެވަޑައިގެންނެވި އެވެ.

އިދިިކޮޅު ކޯލިޝަނުން މިއަދު މާލޭގައި ބޮޑު މުޒާހަރާއެއް ބޭއްވިއިރު ރާއްޖޭގެ ކަންކޮޅުތަކުން ހާހަކަށް ވުރެ ގިނަ މީހުން ގެނެސްގެން "ހޯޕް ކޮންފަރެންސް" ފެށީ އިއްޔެ އެވެ. ކޮންފަރެންސް ނިންމާނީ މާދަމާއެވެ.

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް