
އިންޓަސްކޫލް ކްރިކެޓް މުބާރާތެއްގެ ތެރެއިން
ތިން އަހަރަށް ފަހު އިންޓަސްކޫލް ކްރިކެޓް އަލުން ފަށަނީ
ސްޕޯޓްސް ޓީމް
04 ފެބްރުއަރީ 2023 - 09:22:27
ތިން އަހަރުގެ މެދު ކެނޑުމަކަށް ފަހު، އިންޓަސްކޫލް ކްރިކެޓް މުބާރާތް އަލުން ފަށަން ތައްޔާރުވެއްޖެއެވެ.
މިއަދު ފެށޭ އިންޓަސްކޫލް މުބާރާތުގެ ފިރިހެން ބައިގައި މިފަހަރު ކުޅޭނީ ދެ އުމުރުފުރާ އެކެވެ. އެއީ 13 އަހަރުން ދަށާއި، 17 އަހަރުން ދަށެވެ.
މި ފަަހަރުގެ މުބާރާތުގައި 17 އަހަރުން ދަށުގެ އުމުރުފުރާގައި ހަތަރު ސްކޫލުން ކުޅޭއިރު 13 އަހަރުން ދަށުގެ އުމުރުފުރާގައި ކުޅެނީ ތިން ސްކޫލަކުންނެވެ. 17 އަހަރުން ދަށުގެ އުމުރުފުރާގައި ކުޅޭ ހަތަރު ސްކޫލަކީ ތާޖުއްދީން ސްކޫލް، ޖަމާލުއްދީން ސްކޫލް، ރެހެންދި ސްކޫލް އަދި މުހިއްދީން ސްކޫލެވެ.
13 އަހަރުން ދަށުގައި ވާދަކުރަނީ ތާޖުއްދީން، މުހިއްދީން އަދި ބިލަބޮންގ ހައި އިންޓަނޭޝަނަލް ސްކޫލެވެ.
މުބާރާތުގެ އަންހެން ބައިގައި ވާދަކުރަނީ ދެ ސްކޫލެކެވެ. އެއީ ރެހެންދި ސްކޫލާއި ތަޖުއްދީން ސްކޫލެވެ. މި ދެ ޓީމްގެ މެޗުގައި ޗެމްޕިއަންކަން ހޮވުމަށް "ބިގް މެޗު"ގެ ނަމުގައި ކުޅެނީ ފައިނަލެކެވެ.
0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް