ads
އިދިކޮޅުން އިއްޔެ ބޭއްވި އެއްވުމުގެ ތެރެއިން: ފޮޓޯ ޕީޕީއެމް
އިދިކޮޅު ލީޑަޝިޕުން ފެންނަނީ އެހެން މަގުސަދެއް: އިމްރާން
އިދިކޮޅު ލީޑަޝިޕުން، ފެންނަނީ އިހްލާސްތެރިކަމާއިއެކު ރައީސް އަބްދުﷲ ޔާމީން ސަލާމަތްކުރަން އުޅޭ ބޭފުޅުންނަށް ވުރެ، އެހެން މަގްސަދެއް ހާސިލްކުރަން އުޅޭ ބޭފުޅުންކަމަށް އަދާލަތު ޕާޓީގެ ރައީސް އަދި ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވިދާޅުވެއްޖެއެވެ.

އިމްރާން ކުރެއްވި ޓްވިޓެއްގައި ވިދާޅުވީ އިހްލާސްވެރިކަމާއި އެކު ރައީސް ޔާމީން ސަލާމަތް ކުރަން އުޅުއްވާ ބޭފުޅުނަނަށް ވުރެ އިދިކޮޅު ލީޑަރޝިޕްގައި ގިނައީ އެހެން މަގްސަދެއްގައި އުޅުއްވާ ބޭފުޅުންނަށް އެއްދުވަހުން އަނެއް ދުވަހަށް ހާމަވަމުންދާ ކަމަށެވެ.

އިހްލާސްތެރިކަމާއި އެކު ރައީސް ޔާމީން ސަލާމަތްކުރަން އުޅުއްވާ ބޭފުޅުނަނަށްވުރެ، ލީޑަރޝިޕްގައި ގިނައީ އެހެން މަގްސަދެއް ހާސިލް ކުރައްވަން އުޅުއްވާ ބޭފުޅުންކަން އެއްދުވަހުން އަނެއްދުވަހަށް ހާމަވާ މިންވަރު ބޮޑުވަމުން އެބަދެއެވެ.

އިމްރާން މިހެން ވިދާޅުވި ނަމަވެސް އިޝާރާތް ކުރެއްވީ ސީދާ ކޮންކަމަކަށްކަމެއް ސާފެއް ނުވެއެވެ. 

އިދިކޮޅު ކޯލިޝަނުން މިހާރުވަނީ ރައީސް ޔާމީން މިނިވަން ކުރުމާއި ރިޔާސީ އިންތިހާބަށް ތައްޔާރުވުމުގެ ހަރަކާތްތަކެއް ފަށާފައެވެ. އެގޮތުން ހޯޕް ކޮންފަރެންސްގެ ނަމުގައި ބައްދަލުވުމެއް ކުރިއަށްދާއިރު ކުރީގެ ރައީސް ޑރ މުހައްމަދު ވަހީދު ހަސަން މަނިކާއި ރައީސް ޔާމީންގެ އެންމެ ފަހުގެ ރަނިންމޭޓް ޑރ މުހައްމަދު ޝަހީމް އަލީ ސައީދު ވަނީ ކުރީ ސަފުން ފެނިފައެވެ.

މީގެއިތުރުން "ބުންވަރު" ގެ ނަމުގައި އިއްޔެ އިދިކޮޅު މާލޭގައި ބޭއްވި އެއްވުމުގައި މިބޭފުޅުންގެ އިތުރުން ލީޑަޝިޕްގެ ގިނަ ބޭފުޅުން ބައިވެރިވެ ވަޑައިގެންނެވިއެވެ.

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް