ads
މީގެ ކުރިން ލ. އަތޮޅުގެ ފަޅުރަށެއްގައި ފުރޮޅާފައި ހުރި ވެލާތަކެއް
ގިނަ އަދަދެއްގެ ވެލާ ފަޅައި ކެއްކި މައްސަލައެއް ބަލަނީ
މީހަކު ހައްޔަރެއް ނުކުރޭ
ބ. އަތޮޅުގެ ފަޅުރަށެއްގައި ބަޔަކު ވެލާތަކެއް ފަޅައި ކެއްކި މައްސަލައެއް ބަލަން ފަށައިފި އެވެ.
Advertisement

މިމައްސަލަ ބަލަމުންދަނީ އީޕީއޭ އާއި ފުލުހުން ގުޅިގެން ނެވެ. ފުލުހުން މިއަދު " ސީއެންއެމް" އަށް ބުނިގޮތުގައި ބ. އަތޮޅުގައި އޮންނަ ފަޅު ރަށެއް ކަމަށްވާ ކެޔޮދޫގައި ބަޔަކު ވެލާތަކެއް ފަޅާކަމުގެ މައުލޫމާތު ލިބުނީ އިއްޔެގެ 16:38 ހާއިރު އެވެ. 

"އެ މައުލޫމާތާއި ގުޅިގެން ފުލުހުން އެރަށަށް ގޮސް ބަަލަންޖެހޭ ކަންކަން ބަލައި އީޕީއޭ އާއި މައުލޫމާތު ހިއްސާކޮށް މައްސަލަ ގެންދަނީ ތަހުގީގުކުރަމުން،" ފުލުހުން ބުންޏެވެ.

މިކަމާއި ގުޅިިގެން އީޕީއޭގެ ޑިރެކްޓަރު ޖެނަރަލް އިބްރާހިމް ނައީމް ސީއެންއެމް އަށް ވިދާޅުވީ، ފެނުނުއިރު ހުރީ ވެލާ މަރާއި، ކައްކައިގެން ކައި، ގާނާ ތެޔޮ ވެސް ނަގާފައި ކަމަށެވެ. އެހެންވެ މަރާފައިވަނީ ސީދާ ކިހާ އަދަދެއްގެ ވެލާކަން އަދި ދެނެގަނެވިފައި ނުވާކަމަށް ވިދާޅުވި އެވެ. 

"ފުލުހުންނާއި ގުޅިގެން މިދަނީ ބަަލަންޖެހޭ ކަންކަން ބަލަމުން،" ނައީމް ވިދާޅުވި އެވެ.

ފުލުހުން އެރަށަށް ދިޔައިރު، އެމީހުން އެކަން ކުރަން ތިބި ކަމަށް ބައެއް މީޑިއާތަކުން ރިޕޯޓުކޮށްފައިވާއިރު، ފުލުހުން ބުނީ، އެކަމާއި ގުޅިގެން މީހަކު ހައްޔަރުކޮށްފައި ނުވާ ކަމަށެވެ. 

ލ. އަތޮޅުގެ ފަޅުރަށެއް ކަަމަށްވާ އަތަހެދާގެ ގޮޑުދޮށުގައި ވެލާތަކެއް ފުރޮޅާފައި ހުރި މައްސަލައެއް މިދިޔަ އަހަރުގެ އެޕްރީލްތެރޭ ގައި ވެސް ފެންމަތިވި އެވެ. ނަމަވެސް އެފަހަރު އެ ވެލާތައް ވަނީ ސަލާމަތްކޮށްފަ އެވެ. މި ވެލާތައް ސަލާމަތް ކުރީ މޯލްޑިވްސް އަންޑަވޯޓާ އިނީޝިއޭޓީވް (އެމްޔޫއައި) ދަށުން ހިންގާ ވެލާ ކަހަނބު ހިމާޔަތްކުރުމަށް މަސައްކަތް ކުރާ އަމިއްލަ ޖަމިއްޔާއެއް ކަމަށްވާ "އޮލިވް ރިޑްލީ ޕްރޮޖެކްޓް" އިންނެވެ.

އެރަށުގައި ފަސް ވެލާ ފުރޮޅާފައި (ފުރޮޅާފައި އޮންނަ ވެލައަަކަށް އަމިއްލައަށް އަބުރާ މޫދަށް ނުދެވޭނެ) އޮއްވާ ފެނުނެވެ. އޭރު އެވަލާތަކުގެ އެއްވެސް ހަރަކާތެއް ނެތެވެ. ހުރިހާ ވެލައަކަށްވެސް ވަނީ އެކިވަރުގެ ކުދި އަނިޔާތައް ވެފައެެވެ. އެގޮތުން ކަރުގައި ބުޅި އަޅުވާފައިވާ ކަމުގެ ނިޝާނުގެ އިތުރުން ވެލާތަކުގެ ތޮށިގަނޑުން ވެސް އެކި އަނިޔާތައް ލިބިފައި ހުއްޓާ ފެނިފައިވެއެވެ. އަދި ވެލާތަކުގެ ލޯ ވަނީ ދުޅަވެފަ އެވެ.  

މިހާތަނަށް ރާއްޖޭގެ ކަނޑުތަކުގައި އުޅޭކަމަށް ފާހަގަކުރެވިފައި ވަނީ 5 ވައްތަރެއްގެ ވެލާ ކަހަނބެވެ. އެއީ:

  • ވެލާ
  • ކަހަނބު
  • ވާވޮށި ވެލާ
  • ބޯބޮޑު ވެލާ
  • މުސިންބި

ދިވެހިރާއްޖޭގެ ތިމާވެށި ރައްކާތެރިކޮށް ދެމެހެއްޓުމާބެހޭ ގާނޫނުގެ ދަށުން ކަނޑުގެ މާހައުލުގައި އުޅޭ ވެލައާއި ކަހަނބުގެ ހުރިހާ ބާވަތެއް ހިމާޔަތް ކުރީ 2016 ވަނަ އަހަރުގެ އެޕްރީލް ހަތަރުވަނަ ދުވަހު އެވެ.

މިގަވާއިދުގެ ދަށުން ކުރުން މަނާކަންކަމަކީ:

  • ވެލާ ކަހަނބުގެ ބާވަތްތައް ހިފުން.
  • ވެލާ ކަހަނބުގެ ބިސް ނެގުމާއި ބިސްވަޅުތަކަށް ގޯނާކުރުން.
  • ވެލާ ކަހަނބު ގެންގުޅުން.
  • ވެލާ ކަހަނބާއި އޭގެ ބައިތަކުގެ ވިޔަފާރިކުރުން.
  • ވެލާ ކަހަނބަށް އެއްވެސް ގޯނާއެއް ކުރުމާއި އަދި އެ ތަކެތި އާންމުކޮށް އުޅޭ މާޙައުލަށް ގެއްލުން ލިބޭ ފަދަ ކަންކަން ކުރުން.
  • ވެލާ ކަހަނބާއި، ވެލާ ކަހަނބުގެ ބިހާއި، ވެލާ ކަހަނބުގެ ބައިތައް ބޭނުންކޮށްގެން އުފައްދާ ތަކެތި އިމްޕޯޓުކޮށް އެކްސްޕޯޓު ކުރުން.
  • އެއްވެސް ފަރާތަކުން އީޕީއޭގެ ހުއްދަ ނުހޯދައި ވެލާ ކަހަނބާ ގުޅޭ ދިރާސާތައް ކުރުމާއި ވެލާ ކަހަނބު އާލާކުރުމުގެ މަސައްކަތް ކުރުން

މިގަވާއިދާއިއެކު ވެލާ ކަހަނބާ ގުޅޭ ދިރާސާތައް ކުރުމާއި ވެލާ ކަހަނބު އަލާ ކުރުމުގެ މަސައްކަތް ކުރަމުންގެންދާ ފަރާތްތަކަށްވެސް އެކަން ކުރެވެނީ އީޕީއޭއަށް 30 ދުވަހުގެ ތެރޭގައި ލިޔުމަކުން އަންގައި އެކަމަށް ހުއްދަ ހޯދައިގެން ނެވެ. ގަވާއިދުގައި ބުނާ މަނާކަމެއް ކުރާ މީހަކަށް ޖޫރިމަނާ ކަނޑައެޅުމާއި ބަދަލު ހޯދުމުގެ ގަވައިދުގެ ދަށުން އަދަބު ކަނޑައެޅެއެވެ.

އެގޮތުން:

  • ގެއްލުންދޭ ކޮންމެ ވެލާ ކަހަނބަކަށް 30،000 ރުފިޔާ
  • އެއްވެލާ ކަހަނބަށްވުރެއް ގިނަނަމަ އިތުރުވާ ކޮންމެ ވެލާ ކަހަނބަކަށް 35،000 ރުފިޔާ
  • ވެލާ ކަހަނބު އާއްމުކޮށް ބިސްއަޅާ ސަރަހައްދެއްނަމަ އަކަމީޓަރަކަށް 12،600 ރުފިޔާ
25%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
75%
ވަރަށް ސަލާމް
ކޮމެންޓްސް