ads
ސުނީ އޭނާގެ މަންމައާއިއެކު ފިހާރާގައި---
މަންމަގެ އުންމީދު ހަގީގަތަކަށް ހަދައިދީ، "ސުނީ ސްޕެޝަލްގެ" ފިހާރައެއް ހުޅުވައިފި
ސުނީ އަކީ ފުރަތަމަ ދިވެހީންގެ މެދުގައި މަގުބޫލުވި ކުޅަދާނަ ނެށުންތެރި އެކެވެ. ބައެއް ފިލުމުތަކުންވެސް ފެނިގެންދިޔަ އެވެ. ހިތާނީ ދުވަސްވަރުގެ ހަފްލާތަކާއި އީދު ޝޯތައް ސުނީގެ ހުށަހެޅުންތަކާއި ނުލާ ފުރިހަމައެއް ނުވެ އެވެ. އެކަމަކު، މިއަދު އެއީ ކުޅަދާނަ ވިޔަފާރި ވެރިއެއްވެސް މެއެވެ.
Advertisement

ދިވެހި ރަހަތަކަށް ހާއްސަކޮށް ސުނީ ހިންގަމުން އަންނަ ވިޔަފާރީ އަކީ އޭނާ މަންމަ އަށް ފަސޭހަކޮށްދިނުމުގެ ގޮތުން ފުރަތަމަ ފެށި ކަމެކެވެ. މަންމަގެ އަތުން ހަދާ ދިވެހި މީރު ކެއުންތަކާއި އުފައްދާ އުފެންދުންތައް ސޯޝަލް މީޑިއާއަށް ގެނެސް އިސްތިހާރު ކޮށްދެނީ ސުނީ އެވެ. 

ގިނަ ބަޔަކަށް އެ ތަކެތި ކަމުގޮސް އެންމެފަހުން މިހާރު ފެންނަހުރި ކާމިޔާބު ވިޔަފާރީ ބްރޭންޑް "ސުނީ ސްޕެޝަލް" ބްރޭންޑަށް އެ ރަހަތަށް ބަދަލުވެގެންދިޔައީ އެވެ.

މުނިފޫހިފިލުވުމުގެ ދާއިރާއިން ހޯދި މަގުބޫލުކަމުގައި އެތައް އަހަރަކުން ލިބުނު ސުނީދެކެ ލޯބިވާ އެތައް ހާސް ފޭނުންނާއި، ފާޑުކިޔާ މީހުންގެ ފާޑުކިއުންތަކާއިއެކު ސުނީއަށް އެ ބްރޭންޑު ސޯޝަލް މީޑިއާގައި ފުޅާކޮށް ރާއްޖޭގެ އެކި ކަންކޮޅުތަކަށް ދައުރުކުރުމަކީ މާބޮޑު ކަމަކަށް ނުވި އެވެ. 

އެކަމަކު އެ ދަތުރަކީ އެންމެ ފަސޭހަ ދަތުރެއްވެސް ނޫނެވެ. އެތައް އަހަރެއްގެ ކެތްތެރިކަމާއި ބުރަ ހިތްމަތުން އޭނާ އުފެއްދި މޮޅު ވިޔަފާރީއެކެވެ. މިއަދު "ސުނީ ސްޕެޝަލް" ގެ ޕްރޮޑަކްޓްސްތަކަށް ހާއްސަ ފިހާރައެއް މާލޭގައި ސުނީ ހުޅުވައިފި އެވެ. ސުުުނީ ބުނިގޮތުން އެއީ އޭނާގެ މަންމަގެ އެންމެ ބޮޑު އުންމީދެވެ. 


"ސުނީ ސްޕެޝަލް ކުއިކް އެންޑް ޑިލީޝިއަސްގެ" ނަމުގައި އިއްޔެ ހުޅުވި މި ފިހާރަ ހުންނަނީ ޗާންދަނީ މަގު، ޖަލާލުއްދީން މިސްކިތް ކުރިމަތީގަ އެވެ.

ފަތިހު ފަތިސް ނަމާދަށް ފަހު ހުޅުވާ މިފަހާރަ ރޭގަނޑު 23:00 އަށް ހުޅުވިފައި ހުންނައިރު، ފިހާރަ ހުޅުވުމާއިއެކުވެސް ގިނަ ބައެއްގެ ތަރުހީބު ދަނީ ލިބެމުން ނެވެ. ކާށިތޮޔޮ، ރުކުރާ، ދިޔާ ހަކުރު، ރިހާކުރު، މަސްމިރުސް ފަދަ އެތައް ދިވެހި ރަހަތަކެއް މި ފިހާރައިން ލިބެން ހުންނާނެ އެވެ. 

މިއަދު ފިހާރައެއްގެ ގޮތުގައި ހުޅުވިފައި އެހުރީ ސުނީގެ މަންމަގެ ބުރަ މަސައްކަތުން އުފައްދާ ދިވެހި ރަހަތައް ނަމަވެސް ސުނީގެ ވެސް ބުރަަމަސައްކަތުން މަންމައަށް ފައްކާކޮށްދިން މަންމަގެ ހުވަފެނީ ފިހާރައެވެ. މިއަދާއި ހަމަޔަށް މިއިން ކޮންމެ އެއްޗެއް ގެތަކާއި ހަމަޔަށް ގެންދިއުމަށް ޑެލިވަރީ ކޮށްދީ ހެދީ ސުނީ އަމިއްލަ އަށެވެ. 

މިއަދު ފިހަރާއެއް ހުޅުވުނުނަމަވެސް އަދި ސުނީ ހިންދެމިލާކަށް ބޭނުމެއް ނުވެއެވެ. ޑެލިވަރީގެ މަސައްކަތުން ދުރަށް ޖެހިލަނީ އެވެ. އެކަމަކު ފައި ދަމާލައިގެން ހަމަޖެހިގެން އިންނާކަށް ނޫނެވެ. އޭނާ ދެން ފެންނާނީ ސުނީ ސްޕެޝަލް ފިހާރާއިގެ ސޭޓުގެ ގޮތުގައެވެ. 

ހީވާގި ވިޔަފާރި ވެރިއެއްގެ ގޮތުގައި ކުރިއަށްވެސް ބޮޑެތި ކާމިޔާބީ ތަކެއް ހޯދުމަކީ އޭނާގެ އުންމީދެވެ. 

93%
ކަމުގޮސްފި
5%
އަޑުއެހިތާ މިހުރީ
1%
ސަތޭކައަކުން ސުމެއް
1%
ވަރަށް ސަލާމް
ކޮމެންޓްސް