އިނގިރޭސި ޕްރިމިއާ ލީގުގައި ހޮނިހިރު ދުވަހު ކުޅުނު މެޗުން، އެވަޓަންއާ އާސެނަލް ކުޅުނު މެޗުން އެވަޓަން މޮޅުވީ އެއް ލަނޑު ސުން ލަނޑުންނެވެ.
މި ނަތީޖާއާއެކު އެވަޓަނުންވަނީ ރެލިގޭޝަނުން ސަލާމަތްވުމުގެ އުންމީދު ބޮޑު ކޮށްފައެވެ.
ލީގުގެ އެއްވަނައިގަ އޮތް އާސެނަލް އަތުން މި މޮޅުވި މޮޅުވުމަކީ މިދިޔަ އަހަރުގެ އޮކްޓޫބަރު މަހުގެ ފަހުން އެވަޓަން އަށް ލީގުގައި ލިބުނު ފުރަތަމަ މޮޅެވެ. އަނެއް ކޮޅުން އެ ޓީމަށް ލީގުގައި މޮޅެއް މި ލިބުނީ އަށް މެޗަށް ފަހު އެވެ.
ލީގުގެ އެއްވަނައިގަ އޮތް އާސެނަލްއާ ދެކޮޅަށް އެވަޓަން ނުކުތްއިރު، އެވަޓަން އޮތީ ލީގުގެ 19 ވަނައިގަ އެވެ. މި މޮޅާ އެކު އެ ޓީމު ވަނީ ލީގުގެ 17 ވަނަ އަށް ޖެހިލައިފަ އެވެ. އެއީ 21 މެޗުން 18 ޕޮއިންޓް ހޯދައިފަ އެވެ.