ads
ފެލިވަރުގައި މަސްވެރިންނަށް ތެޔޮ ވިއްކުމުގެ ހިދުމަތް ދޭން ފެށުމުގެ ގޮތުން ބޭއްވި ރަސްމިއްޔާތުގައި އެފްއެސްއެމްގެ އެމްޑީ މުހައްމަދު ގަސަމް ވާހަކަފުޅުދައްކަވަނީ - ފޮޓޯ:އެފްއެސްއެމް
އެފްއެސްއެމުން ފެލިވަރުގައި މަސްވެރިންނަށް ތެޔޮ ވިއްކަން ފަށައިފި
އެފްއެސްއެމުން ފެލިވަރު ފިޝަރީޒް ކޮމްޕްލެކްސްގައި މަސްވެރިންނަށް ތެޔޮ ވިއްކުމުގެ ހިދުމަތް ދޭން ފަށައިފިއެވެ.
Advertisement

މިފްކޯގެ ސައިޓުތަކުގައި މަސްވެރިންނަށް ތެޔޮ ވިއްކުމުގެ ހިދުމަތް ދިނުމަށް އެފްއެސްއެމަށް ހަވާލުކޮށްފައިވަނީ ނިމިދިޔަ މަހުގެ ތިންވަނަ ދުވަހުއެވެ. މިފްކޯ އާއެކު ވެވުނު އެއްބަސްވުމުގެ ދަށުން އެފްއެސްއެމުން ދަނީ މިފްކޯގެ ކޫއްޑޫ އަދި އައްޑޫ ފިޝަރީޒް ކޮމްޕްލެކްސްގައި މަސްވެރިންނަށް ތެޔޮ ވިއްކުމުގެ ހިދުމަތް ދެމުންނެވެ.

ފެލިވަރު ފިޝަރީޒް ކޮމްޕްލެކްސުން މަސްވެރިންނަށް ތެޔޮ ވިއްކުމުގެ ހިދުމަތް ދޭން ފެށުމުގެ ގޮތުން ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން އެފްއެސްއެމްގެ އެމްޑީ މުހައްމަދު ގަސަމް ވިދާޅުވި ގޮތުގައި މަސްވެރިންނަށް މެދުނުކެނޑި ތެޔޮ ފޯރުކޮށްދިނުމަށް އެފްއެސްއެމުން ކުރަމުންދާ މަސައްކަތުގައި ފެލިވަރުގައި މަސައްކަތް ކުރަމުންދާ މުވައްޒަފުންގެ ދައުރު ބޮޑު ކަމުގައެވެ. އެ ކުންފުނީގެ އަމާޒަކީ މަސްދޯނިތަކަށް ތެޔޮ އެޅުމަށްޓަކައި މިހާރު ހޭދަވާ ވަގުތުކުޑަކޮށް، އަވަހަށް ހިދުމަތް ފޯރުކޮށްދިނުން ކަމަށާއި އެ ކަމަށް ބޭނުންވާނެ އިންތިޒާމްތައް ހަަމަޖައްސާނެކަމަށް ގަސަމް ވިދާޅުވިއެވެ.

މިފްކޯއިން މީގެކުރިން ބުނެފައިވަނީ އެ ކުންފުނީގެ ސައިޓުތަކުގައި މަސްވެރިންނަށް ތެޔޮ ވިއްކުމުގެ ހިދުމަތް ދިނުމަށް އެފްއެސްއެމަށް ހަވާލުކޮށްފައިވަނީ ދަތިކަމެއް ނެތި މިފްކޯގެ ސައިޓުތަކުން މަސްވެރިންނަށް އަބަދުވެސް ތެޔޮ ލިބޭނެ ކަމުގެ ޔަގީންކަންދީ، ތެޔޮ ވިއްކުމުގެ ހިދުމަތް ހަރުދަނާ ކުރުމުގެ ގޮތުން ކަމަށެވެ. އަދި އެ ބަދަލުގެ ސަބަބުން ބައެއް ހާލަތްތަކުގައި ކޮންޓްރޯލް ކޮށްގެން ތެޔޮ ވިއްކަން ޖެހުމުން މަސްވެރިންނަށް ދިމާވާ ދަތިތަކަށް ހައްލު ހޯދައި ދެވޭނެ ކަމަށް ވެސް މިފްކޯ އިން ބުނެފައިވެއެވެ.

އެއްބަސްވުމާ ގުޅިގެން ގެނެވުނު ބަދަލާ އެކު، ހުރިހާ ދޯނިތަކުން އެފްއެސްއެމް އާއެކު ކްރެޑިޓް އެއްބަސްވުމެއް ހަދާނެ ކަމަށާއި ކަނޑައެޅިފައިވާ އުސޫލުގެ ދަށުން ދޯނި ފަހަރަށް އެފްއެސްއެމުން ކްރެޑިޓް ދޭނެ ކަމަށް ވެސް މިފްކޯ އިން ބުނެއެވެ. އަދި އެ ބަދަލާ އެކު، މަސް ބިލުން ތެލުގެ ފައިސާ ކެނޑުމުގެ ބަދަލުގައި ދޯނިފަހަރުން ކުރެޑިޓް މުއްދަތުގެ ތެރޭގައި ތެލަށް ދައްކަން ޖެހޭ ފައިސާ ދައްކަން ޖެހޭނީ އެފްއެސްއެމަށް ކަމަށް ވެސް އެ ކުންފުނިން ބުނެއެވެ.

މިފްކޯގެ މަސް ބޯޓުތަކުންނާއި އެ ކުންފުނީގެ މަސް ގަންނަ ސެންޓަރުތަކުން މަސް ދޯނިތަކަށް ޑީސަލް ލީޓަރެއް ވިއްކަމުންދަނީ 17.63 ރުފިޔާއަށެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް