ads
އެމްއޭސީއެލްގެ އިސް މެނޭޖްމަންޓުން ބޭއްވި މަޝްވަރާ ބައްދަލުވުން-- ފޮޓޯ: އެމްއޭސީއެލް
ކޮވިޑް 19 އާ ގުޅިގެން އެމްއޭސީއެލްގެ ހަރަދުތައް ކުޑަ ކުރަން މަޝްވަރާކޮށްފި
ދުނިޔޭގައި ހަލުވިކަމާއެކު ފެތުރެމުންދާ ކޮވިޑް-19 ގެ ސަބަބުން ދައުލަތުގެ ހަރަދުތައް ކުޑަ ކުރަން ސަރުކާރުން އަންގާފައި ވާތީ، އެކަން ކުރެވޭނެ ގޮތްތަކާ މެދު މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން މިއަދު މަޝްވަރާކޮށްފި އެވެ.

އަލަށް ފެނިގެން އުޅޭ މި ވައިރަހުގެ ސަބަބުން މުޅި ދުނިޔޭގެ އިގްތިސާދަށް އަސަރު ކުރާނެ ކަމުގެ ބިރު ބޮޑެވެ. 

އެމްއޭސީއެލުން ކުރި ޓްވީޓެއްގައި ބުނީ ހަރަދުތައް ކުޑަކޮށް، ބޭކާރު ހަރަދުތައް ކުޑަކުރެވޭނެ ގޮތްތަކާ ބެހޭ ގޮތުން ކުންފުނީގެ އިސް މެނޭޖުމަންޓުން މަޝްވަރާކޮށްފައިވާ ކަމަށެވެ. 

ވައިރަހުން ރައްކާތެރިވުމުގެ ގޮތުން ރާއްޖެއިން ވަނީ ގިނަ ފިޔަވަޅުތަކެއް އަޅާފަ އެވެ. އެގޮތުން ކްރޫޒްލައިނާތައް އައުން މެދުކަނޑާލުމާއި، ޗައިނާ، ދެކުނު ކޮރެއާ އަދި އީރާނުން މީހުން އައުން މަނާ ކުރުމާއި، އެގައުމުތަކުން އަންނަ ދިވެހިން ދެ ހަފްތާއަށް ކަރަންޓީން ކުރުން ހިމެނެ އެވެ. 

ޗައިނާއިން އަލަށް ފެނުނު ކޮރޯނާ ވައިރަހެއް ކަމަށްވާ، ކޮވިޑް-19 ގެ ސަބަބުން މިހާތަނަށް 3000 އަށް ވުރެ ގިނަ މީހުން ވަނީ މަރުވެފަ އެވެ. އަދި ދުނިޔޭގެ 60 އަށް ވުރެ ގިނަ ގައުމަށް މި ވައިރަސް ފެތުރިފައި ވާއިރު، ބޮޑު ރޯގާއެއް ފެތުރިދާނެ ކަމުގެ އިންޒާރު ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިއުއެޗްއޯ) އިން ވަނީ ދީފަ އެވެ. 

0%
ކަމުގޮސްފި
100%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް