ads
މިޔަރުތަކެއް--
ކޯމަސްތަކެއްގެ ތެރެއަށް ފުންމާލި ކުޑަކުއްޖަކަށް މިޔަރެއް ހަމަލާދީ މަރާލައިފި
ކޯމަސްތަކެއްގެ ތެރެއަށް ފުންމާލި ކުޑަކުއްޖަކަށް މިޔަރު ހަމަލާދީ މަރާލައިފިއެވެ.

ހުޅަނގު އޮސްޓްރޭލިއާގެ ސްޓޭޓްގެ ވެރިރަށް ޕާތުގައި ކޯރެއްގައި ހިނގި މި ހާދިސާގައި މަރުވެފައިވަނީ އުމުރުން 16 އަހަރުގެ ކުޑަ އަންހެން ކުއްޖެކެވެ. 

ފުލުހުން ބުނީ ހަމަލާގެ މައުލޫމާތު ލިބިފައިވަނީ ހޮނިހިރުދު ދުވަހުގެ ހަވީރު 3:45 ހާއިރު ކަމަށެވެ. މި ހާދިސާ ހިނގީ ހޮނިހިރު ދުވަހު ޕާތުގެ ފްރީމަންޓަލް ބަނދަރު ސަރަހައްދުގައި އޮންނަ ސްވާން ކޯރުގެ ޓްރެފިކް ބްރިޖެއް ކައިރީގައިކަމަށެވެ. 

ފުލުހުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ އެ އަންހެން ކުއްޖާ ކޯރުން ނެގިއިރު ސީރިއަސް އަނިޔާތަކެއް ވެފައިވާކަމަށެވެ. އަދި  ހޮސްޕިޓަލަށް ގެންދިއުމުގެ ކުރިން މަރުވެފައިވާކަމަށެވެ. 

އޮސްޓްރޭލިއަން ބްރޯޑްކާސްޓިން ކޯޕަރޭޝަނުން އާދީއްތަ ދުވަހު ރިޕޯޓްކޮށްފައިވާ ގޮތުގައި މިޔަރުގެ ހަމަލާ ހިނގިއިރު ޝިކާރައަކަށް ވެފައިވާ ކުއްޖާ ކޯމަސް އައިނެއްގެ ތެރެއަށް ފުންމާލީ ޖެޓް ސްކީއަކުން ކަމަށެވެ. 

އެ އަންހެން ކުއްޖާއަށް ހަމަލާދިނީ ކޮންކަހަލަ މިޔަރެއް ކަމެއް ކަމާބެހޭ ފަރާތްތަކަށް ޔަގީން ނުވާ ކަމަށް އޭބީސީން ރިޕޯޓްކޮށްފައިވެއެވެ.

ހުޅަނގު އޮސްޓްރޭލިއާގެ ކަނޑުގެ ސަރަހައްދުގައި އެންމެ ފަހުން މިޔަރުގެ ހަމަލާއެއް ދީފައިވަނީ، 2021 ވަނަ އަހަރުގެ ނޮވެމްބަރު މަހު ޕާތުގެ ޕޯޓް ބީޗުގައި އުމުރުން 57 އަހަރުގެ މީހަކަށެވެ. 

36%
ކަމުގޮސްފި
21%
އަޑުއެހިތާ މިހުރީ
29%
ސަތޭކައަކުން ސުމެއް
14%
ވަރަށް ސަލާމް
ކޮމެންޓްސް