ads
ނޫސްވެރިޔާ އަނިޔާވެ ވެއްޓިފައި
ނޫސްވެރިޔާއަށް އަނިޔާވީ ޝީލްޑްގައި ތަޅާ ކޮށްޕާހެދުގެ ތެރެއިން: ފުލުހުން
ރިޔާސީ ބަޔާން އިއްވުމުގެ ޖަލްސާއާއި ދެކޮޅަށް އިދިކޮޅު ކޯލިޝަނުން މިއަދު ބޭއްވި މުޒާހަރާގެ ތެރެއިން ނޫސްވެރިއަކަށް އަނިޔާވީ މުޒާހަރާގެ ބައިވެރިން، ނޫސްވެރިން ފުލުހުންނާއި ދިމާއަށް ކޮއްޕާ، ނޫސްވެރިން ފުލުހުންގެ ޝީލްޑްތަކުގައި ތަޅާކޮށްޕާ ހެދުމުގެ ތެރެއިން ވެއްޓިކަމަށް ފުލުހުން ބުނެފިއެވެ.

މިއަދުގެ މުޒާހަރާގެ ތެރެއިން އަނިޔާވެފައިވަނީ ޗެނަލް 13 ގެ ނޫސްވެރިއެއްކަމަށްވާ ހަސަން ޝަހީދުއަށެވެ. ޝަހީދުގެ މައިބަދައަށާއި ސިކުނޑިއަށް ގެއްލުންވެފައިވާކަމަށް ޑޮކްޓަރުންނާއި ހަވާލާދީ އާއިލާއިން ބުނެފައިވެއެވެ.

އޭނާ މިހާރުވަނީ އިތުރު ފަރުވާއަށް އަވަށްޓެރި ސްރީލަންކާއަށް ފޮނުވާލާފައެވެ.

މިއަދުގެ މުޒާހަރާ ފުލުހުން ބާރުގެ ބޭނުންކޮށް ރޫޅާލުމުގެ ތެރޭގައި ދެ ނޫސްވެރިއަކަށް އަނިޔާވެފައިވެއެވެ. އާއްމުކޮށްފައިވާ ބައެއް ވީޑިއޯއިން ފެންނަ ގޮތުގައި ޝަހީދު ބިންމައްޗަށް ވެއްޓިފައި އޮތް އިރު ނޭވާ ނުލެވުގެން ތެޅޭތަން ފެނެއެވެ.

ޝަހީދު އެތަނުން ނަގައިގެން ހޮސްޕިޓަލަށް ގެންދިއައީވެސް އެސަރަހައްދުގައި ތިބި ބައެއް ނޫސްވެރިންނާއި އާއްމުން ވެގެންނެވެ.

ފުލުހުން މިރޭބުނީ މިއަދުގެ އެއްވުމެއްގައި ދެ ނޫސްވެރިއަކަށް އަނިޔާވެފައި ވުމަކީ ދިވެހި ފުލުހުން ނުހަނު ކަންބޮޑުވާ ކަމެއްކަމަށެވެ.

“މިކަމާ ގުޅިގެން މިހާތަނަށް ބެލިބެލުމުން، ފުލުހުންގެ ފަރާތުން އެ ނޫސްވެރިންނަށް އަމާޒުކޮށް އަނިޔާ ދިނުމުގެ ނިޔަތުގައި އެއްވެސް ކަމެއް ކޮށްފައިވާ ކަމަށް ނުބެލެވެއެވެ. އަދި ފުލުހުން މުޒާހަރާ ރޫޅާލުމުގެ އިންޒާރުދީ، ރޫޅާލުމަށް ޝީލްތަކާއެކު ކުރިއަށް ޖެހެމުން ދިޔައިރު އެއްވުމުގެ ބައިވެރިން ނޫސްވެރިންގެ ގައިގައި އަޅައި ކޮއްޕުމާއި ނޫސްވެރިން ޝީލްޑް ތަކުގައި އަޅައި ކޮއްޕުން ފަދަ ކަންކަމުގެ ތެރެއިން އެ ނޫސްވެރިން ވެއްޓިފައިވާކަން ފާހަގަ ކުރަމެވެ” ފުލުހުން މިރޭ ބުނެފައި ވެއެވެ.


ފުލުހުން އިތުރަށް ބުނީ މި ހާދިސާގައި ކަންހިނގާފައިވާ ގޮތުގެ ފުރިހަމަ ރިވިއުއެއް ޕްރޮފެޝަނަލް ސްޓަންޑަރޑްސް ކޮމާންޑުން ކުރަމުނއ ގެންދާކަމަށެވެ.

22%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
67%
ސަތޭކައަކުން ސުމެއް
11%
ވަރަށް ސަލާމް
ކޮމެންޓްސް