ads
ރާކީ ސުވަންތު އަދި އޭނާގެ ފިރިމީހާ އާދިލް
ރާކީއަށް އަނިޔާކޮށްގެން ފިރިމީހާ ހައްޔަރުކޮށްފި
އިންޑިއާގެ ޓީވީ ތަރި ރާކީ ސަވަންތު އަށް އަނިޔާކުރިކަމުގެ ތުހުމަތުގައި އޭނާ މީހެ މަހެއްހާ ދުވަސް ކުރިން ކައިވެނިކުރި، އާދިލް ރުދާނީ ހައްޔަރުކޮށްފިއެވެ.
Advertisement

އޭނާގެ ފިރިމީހާ ހައްޔަރުކުރުމާ ގުޅިގެން އޭނާ އާންމުކޮށްފައިވާ އޯޑިއޯއެއްގައި ބުނެފައިވަނީ ގިނަ ދުވަސްތަކެއް ވަންދެން "ފިލައިގެން" އުޅުމަށްފަހު އޭނާގެ ފިރިމީހާ އެނބުރި ގެއަށް އައިސް އަނިޔާކުރިކަމަށެވެ. 

"ދެފައިގަ ހިފާ ވައްޓާލާ އަނިޔާކުރީ. ލާރިކޮޅުވެސް ފޭރިގަނެއް ދިޔައީ. ފުލުހުން މިހާރު އާދިލް ހައްޔަރުކޮށްފި،" މިއަދު ރާކީ ރޮމުން އާންމުކުރި ވީޑިއޯގައި ބުނެފައިވެއެވެ. 

ރާކީ ބުނީ އޭނާއާއި ފިރިމާ އާދިލް މައްސަލަ ޖެހުނީ އާދިލް ގެއަށް އައިރު މުޅި ގައިގައި އެހެންމީހަކު ބޮސްދީފައިވާ ނިޝާންތައް ހުރުމުންކަމަށެވެ. 

ރާކީ އަކީ ބިގް ބޮސް އިން ގިނަބައެއްގެ ސަމާލުކަން ހޯދި ފަންނާނެކެވެ.

އޭނާއާ އާދިލް ކައިވެނި ކުރީ މި ނިމުނު ޖެނުއަރީ މަހުގެ ކުރީކޮޅުއެވެ. އެ ދެމީހުން ސިއްރުން ކައިވެނި ކުރިނަމަވެސް، މީޑިއާތަކުން ވަނީ އެމީހުންގެ ކައިވެނި ފަޅާއަރުވާލާފައެވެ. ނަމަވެސް އޭގެ ދުވަސްކޮޅެއް ފަހުން އާދިލް ވަނީ ރާކީއާ ކައިވެނި ކުރިކަަމަށް ބުނެ ފަތުރާ ހަބަރަކީ ދޮގެއް ކަމަށް ބުނެފައެވެ. 

މިއާއެކު ދެމީހުންގެ މެދުގައި ބޮޑު ޒުވާބެއް އުފެދުނެވެ. އަދި އެމީހުންގެ ލީކުވެފައިވާ އޯޑިއޯކޯލްތަކުން އެމީހުން ވަރަށް ގަދައަށް ޒުވާބުކުރާ އަޑުވެސް އިވެއެވެ. 

މި މައްސަލަތަކުގެ ތެރޭގައި އުޅެނިކޮށް، ރާކީގެ މަންމަވެސް ވަނީ މަރުވެފައެވެ. ރާކީ ބުނީ އޭނާގެ މަންމަވެސް މަރުވީ އާދިލްގެ އުޅުން ހުރިގޮތުންކަމަށެވެ.

60%
ކަމުގޮސްފި
10%
އަޑުއެހިތާ މިހުރީ
15%
ސަތޭކައަކުން ސުމެއް
15%
ވަރަށް ސަލާމް
ކޮމެންޓްސް