ads
ހައިޖަމްޕްގެ ރެކޯޑް ހެދި އެތްލީޓް
ހައިޖަމްޕުގެ 27 އަހަރުވީ ގައުމީ ރެކޯޑް މުގުރާލައިފި
ފުވައްމުލަކުގައި މިހާރު ކުރިއަށްދާ އިންޓަ ސްކޫލް އެތުލެޓިކްސް މީޓުގައި، 27 އަހަރުވީ ހައިޖަމްޕުގެ އަންހެން ގައުމީ ރެކޯޑް މުގުރާލައިފިއެވެ.

އިންޓަސްކޫލް މުބާރާތުގައި 19 އަހަރުން ދަށުގެ އަންހެން ހައި ޖަމްޕް އިވެންޓުގައި ވާދަކޮށް، 27 އަހަރުވީ ގައުމީ ރެކޯޑް މުގުރާލީ އައްޑޫ ހައި ސްކޫލްގެ އައިޝަތު ޝައިމް އަޒީޒުއެވެ. ހައި ޖަމްޕް އިވެންޓުގައި ވާދަކޮށް ޝައިމް ގައުމީ ރެކޯޑު މުގުރާލީ 1.50 މީޓަރ މަތިން ފުންމައިގެންނެވެ. މި ރެކޯޑު މީގެ 27 އަހަރު ކުރިން ހަދާފައި އޮތީ ރަނާ އަހުމަދު ސޯދިގު އެވެ. އެއީ 1996 ވަނަ އަހަރު މާލޭގައި ބޭއްވުނު ހަތަރު ވަނަ އިންޓަ ސްކޫލް އެތްލެޓިކްސް މުބާރާތުގަ އެވެ.

ޝައިމް ވަނީ ހައި ޖަމްޕްގެ ގައުމީ ރެކޯޑު ހަދައި ރަން މެޑަލް ހޯދުމުގެ އިތުރުން 19 އަހަރުން ދަށުގެ އަންހެން ބައިގެ ޖެވްލިން އުކުމުން ވެސް އެއް ވަނަ ހޯދައިފަ އެވެ. ޖެވްލިން އުކުމުން އެއް ވަނަ އޭނާ ހޯދީ 22.58 މީޓަރަށް ޖެވްލިން އެއްލައިގެންނެވެ. ފުވައްމުލަކު ސިޓީގައި މިދިޔަ އާދިއްތަ ދުވަހު ފެށި މުބާރާތުގައި 19 އަހަރުން ދަށުގެ އަންހެން ބައިގެ ލޯންގް ޖަމްޕްގައިވެސް ޝައިމް ވާދަކުރާނެ އެވެ.

އިންޓަ ސްކޫލް އެތުލެޓިކްސް މީޓުގެ އިވެންޓުތައް އަންނަ ހުކުރު ދުވަހާ ހަމައަށް ކުރިއަށްދާނެ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް