ads
ރާއްޖެޓީވީގެ ނޫސްވެރިޔާ ނުޒުހާ----ފޮޓޯ: އައިމިނަތު ނުޒުހާ ޓުވިޓާ
ބްރޯޑްކޮމްއަށް އައްޔަންކުރަން ފަސް ނަމެއް، ރައީސް އިސްކަންދެއްވާ ލިސްޓުގެ ކުރީގައި ނުޒުހާ
މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަނަށް އައްޔަންކުރުމަށް ފަސް ނަމެއް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް މަޖިލީހަށް މިއަދު ފޮނުއްވައިފި އެވެ.

އެކޮމިޝަނުގެ މެމްބަރު އަދި ނައިބު ރައީސްކަމުގެ މަގާމުގައި ހުންނެވި އަހުމަދު ގައިސް އެމްޑީޕީގެ ޕްރައިމަރީއާއި ގުޅިގެން ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ކެމްޕެއިންގައި ބައިވެރިވުމަށް ކޮމިޝަނުން ވަނީ މިދިޔަ މަހުގެ އަށްވަނަ ދުވަހު އިސްތިއުފާ ދެއްވާފަ އެވެ. އެހެންވެ، އެ ކޮމިޝަނުގެ މެންބަރުކަމުގެ މަގާމެއް ހުސްވެފައިވާތީ އެމަގާމަށް ކުރިމަތިލުމަށް މިދިޔަ މަހުގެ 12 ވަނަ ދުވަހު އާންމުކޮށް ހުޅުވާލި އެވެ. 

އެމުއްދަތު މިއަަދަށް ހަމަވެފައިވާއިރު، މިއަދުގެ މަޖިލީހަށް ރައީސް ސޯލިހުގެ ފަރާތުން ވަނީ ފަސް ނަމެއް ފޮނުވާފަ އެވެ. މިނަންތައް ފޮނުވާފައިވަނީ އެކޮމިޝަނަށް އައްޔަންކުރުމަށް ރައީސް އިސްކަންދެއްވާ ތަރުތީބުން ނެވެ. މި ލިސްޓުގެ އެންމެ ކުރީގައި އޮތް ނަމަކީ ރާއްޖެޓީވީގެ ނޫސްވެރިޔާ އައިމިނަތު ނުޒުހާ އެވެ.

ލިސްޓުގައި އޮތް ނަންތައް ތަރުތީބުން:

  1. އައިމިނަތު ނުޒުހާ، ރިވޯޑް، ހއ. ހޯރަފުށި
  2. ހުސެއިން އަމްރު، ވ. ރޯޝަންޝާން 
  3. ސޯލިހު މުހައްމަދު، ފިނިވާދީ، ދ. ކުޑަހުވަދޫ
  4. މަރިޔަމް ނަރީމާން ޝަރީފް، މުޝްތަރީގޭ، ގދ. ތިނަދޫ 
  5. މަރިޔަމް މުނާ، ބޯގަންވިލާ، ސ. ފޭދޫ

އެނަންތައް މަޖިލީހަށް ހުށަހަަޅައި ކޮމިޝަނަށް އައްޔަންކުރަން ފެންނަ ބޭފުޅެއްގެ ނަންފުޅު ފާސްކޮށްދެއްވުމަށް ރައީސް ސޯލިހު މަޖިލީހަށް މިއަދު ފޮނުއްވި ސިޓީގައި އެދިފައި ވެއެވެ. އަދި މި ނަންތައް ދިރާސާ ކުރުމަށް މިނިވަން މުއައްސަސާތަކާ ބެހޭ ކޮމީޓީއަށް ފޮނުވަން ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު މިއަދުގެ މަޖިލީހުގައި ވަނީ ނިންމަވާފަ އެވެ.


25%
ކަމުގޮސްފި
25%
އަޑުއެހިތާ މިހުރީ
50%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް