ads
މަވޯޓާ ޝަރީފް
99 އަހަރަށް ބިން ކުއްޔަށް ދިނުން: މަވޯޓާ ޝަރީފްގެ ސުވާލުތަކެއް އިދިކޮޅަށް
ގުޅީފަޅުގެ ބިން 99 އަހަރަށް ކުއްޔަށް ދޭން ކުރި އިއުލާނުގައި ރާއްޖޭން ބޭރުގެ ވިޔަފާރިވެރިންނަށް ވެސް ބިން ކުއްޔަށް ހިފޭގޮތައް އިއުލާނުކުރުމާ ގުޅިގެން، އިދިކޮޅު ކޯލިޝަނުން ފާޑުކިއުންތައް ބޮޑުވެފައިވަނިކޮށް އެމްޑީޕީއަށް ނިސްބަތްވާ މަޖިލިސް މެންބަރު އިބްރާހިމް ޝަރީފް (މަވޯޓާ)ގެ ސުވާލުތަކެއް އިދިކޮޅަށް އަމާޒުކޮށްފިއެވެ.
Advertisement

މަވޯޓާ މިއަދު ބޮޑަށް ވާހަކަ އަމާޒުކުރެއްވީ ކުރީގެ އިކޮނޮމިކް މިނިސްޓަރު ސައީދުގެ ދެއްކެވި ވާހަކަތަކަށް ރައްދުދެއްވުމުގެ ގޮތުންނެވެ. 
އެގޮތުން ގުޅީފަޅުގެ ބިން ކުއްޔަށް ދިނުމާގުޅޭގޮތުން ސައީދު ވިދާޅުވެފައިވަނީ މިއަދު "ބިން ވިއްކަމުން މިގެންދަނީ ފާފު އަތޮޅު ވިއްކަނީކަމަށް" ވިދާޅު ހަޅޭލެވި މީހުންކަމަށެވެ.

"އިދިކޮޅު ފަރާތްތަކުން މި ދައްކާ ވާހަކައާމެދު އެއްޗެއް ދަންނަވަންތޯ؟ މި ބޭފުޅުންނެއް ނޫންތޯ 99 އަހަރަށް ރިސޯޓު ކުއްޔަށް ދޭން ނިންމީ؟ މި ބޭފުޅުންނެއް ނޫންތޯ ފާފު އަތޮޅު ވިއްކާލަން ނިންމެވީ؟ މި ބޭފުޅުންނެއް ނޫންތޯ އެމްއެމްޕީއާރުސީ ހަދައިގެން މާލެ އަތޮޅުގެ ހުރިހާ ފަޅުރައްތަކެއް ވިއްކާލީ؟ މިހާރު މި ދައްކަނީ މި ރާއްޖޭގަ އޮތް މިނިވަން ވިޔަފާރިއަށް ހުރަސްއަޅާވާހަކަ. މިހާރު މި ދައްކަނީ މި ގައުމު ސުންނާފަތިކުރާވާހަކަ. މިހާރު މި ދައްކަނީ ބޭރުގެ އިންވެސްޓަރުންނަށް މަރުހަބާ ނުކިޔާ ވާހަކަ،" ސައީދަށް ރައްދުދެއްވަމުން މަވޯޓާ ވިދާޅުވިއެވެ.

your imageމެމްބަރު މުހައްމަދު ސައީދު-- ފޮޓޯ: ރައްޔިތުންގެ މަޖިލިސް

ސައީދުގެ ވާހަކަތަކަށް ރައްދުދެއްވަމުން މަވޯޓާ ޝަރީފް ވިދާޅުވީ ސައީދު ކަހަލަ "ދިއުޅިއެއް ނުވާ" ބޭފުަކު ރައީސް ޔާމިންގެ އިކޮނޮމިކް މިނިސްޓަރުކަމަށް އައްޔަނުކުރެއްވީތީ އަޖައިބުވާކަމަށް ވެސް ޝަރީފް ވިދާޅުވިއެވެ. 

"މިޒާތުގެ ތާކުންކުރެ ތާކުނުޖެހޭ ދިއުޅިއެއް ނެތް ވާހަކަ ދެއްކުމަކީ މަޖިލީސް މެންބަރަކަށް އެކަށީގެންވާކަމެއް ވެސް ނޫން. ކުރީގެ އިކޮނޮމިކް މިނިސްޓަރުކަން ކުރައްވާފަ ހުރި ބޭފުޅަކު ސީދާ ސޯޓު ބޭލޭ ޒާތުގެ ވާހަކައެއް. އަޅުގަނޑަށް ހައިރާންވޭ ރައީސް ޔާމީނު މިކަހަލަ ދިއުޅިއެއް ނުވާ ބޭފުޅަކަށް ރައީސް ޔާމިން އިކޮނޮމިކް މިނިސްޓަރުކަން ދެއްވުމުން،" މަވޯޓާ ޝަރީފް ވިދާޅުވިއެވެ.

your imageމަވޯޓާ ޝަރީފު

މަވޯޓާ ޝަރީފް ވިދާޅުވީ އިދިކޮޅުގެ ބޭނުމަކީ ގައުމު ދަރުވާލައި ބަނޑަށް ޖެއްސުންކަމަށެވެ. އަދި 99 އަހަރަށް ރާޢްޖޭގެ ބިންތައް ކުއްޔަށް ދޭންޖެހޭނެކަމަށާއި ކުއްޔަށްވެސް ދޭނެކަމަށް މަވޯޓާ ވިދާޅުވިއެވެ.  އަދި ރާއްޖޭގައި އަބަދުވެސް ބޭރުގެ އިންވެސްޓަރުންނަށް ފަހި ވިޔަފާރި މާހައުލެއް އޮންނާނެކަމަށް ވެސް އޭނާ ވިދާޅުވިއެވެ. 

"މި ބޭފުޅުން ގަބޫލުކުރައްވަންޖެހޭނެ ގައުމު ބަގުރޫޓުވަންޔާ ތިމަންނާއާ ތިމަންނާގެ އާއިލާ ވެސް ހާލުގަ ޖެހޭނެކަން. ކިތަންމެ އަގުބޮޑުވިއަސް މި ގައުމު ހިނގާނީ ބޭރުގެ އިންވެސްޓަރުންނަށް މަރުހަބާ ކިޔާ ވިޔަފާރިއަށް ފަހި މާހައުލެއް އޮވެގެން. 99 އަހަޜަށް ތަންތަން ކުއްޔަށްވެސް ދޭނެ. ކުއްޔަށް ދޭންވެސް ޖެހޭނެ. 99 އަހަރަށް ރިސޯޓުތައް ކުއްޔަށް ދިނުން އަޅުގަނޑަށް ތަންކޮޅެއް ދިގު. އެހެން ނަމަވެސް އެ ކަންވެސް މި އޮތީ މި ބޭފުޅުން (ރައީސް ޔާމީނުގެ ކެބިނެޓުން) ނިންމަވާފަ. ގާނޫނު އަސާސީއަށް ބަދަލުގެނެގެން. އެހެންކަމަށް ވަނީ ވަންޏާ މިއަދު ދެން ފަހަރަކަށް ނުދެވޭނެ،" -މަވޯޓާ ޝަރީފް-

ކުރީގެ އިކޮނޮމިކް މިނިސްޓަރު ސައީދު ތުހުމަތުކުރައްވާގޮތުން ގުޅީފަޅުން ބޮޑުބިމެއް ވިއްކާލަނީ އިންޑިއާގެ ދެ ކުންފުންޏަކާ އެހެން ގައުމެއްގެ ކުންފުންޏަކަށެވެ. އަދި ބިން ވިއްކާލަނީ 17 ރުފިޔާއަށް އަކަފޫޓެއްގެ ރޭޓުންނެވެ. އަދި މި ބިންތައް ފަހުން ދިވެހިންނަށް އެތައް ރުފިޔާއެއް ބޮޑުކޮށް އަލުން އަނބުރާ ގަންނަން ޖެހިދާނެކަމަށް ވެސް ސައީދު ވަނީ މިއަދު ރައްޔިތުންގެ މަޖިލީހުގައި ވިދާޅުވެފައެވެ. 

33%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
50%
ސަތޭކައަކުން ސުމެއް
17%
ވަރަށް ސަލާމް
ކޮމެންޓްސް