ads
އާމިރު ހާން އަދި ޝާހުރުކް ހާން
އާމިރު ހާންގެ 14 އަހަރުވީ ރެކޯޑު ޝާހުރުކް ހާން މުގުރާލައިފި
އިންޑިއާގެ ބޮކްސް އޮފީހުގައި އާމިރުހާންގެ 14 އަހަރުވީ ރެކޯޑުތައް ޝާހުރުކް ހާން މުގުރާލައިފިއެވެ.

މި ރެކޯޑުތައް ޝާހުރުކް ހާން މުގުރާލި ފިލްމަކީ އޭނާ އެންމެ ފަހުން ލީޑް ރޯލުގައި އެކްޓުކުރި "ޕަތާން" އިން ނެވެ. އެ ފިލްމުން މިހާތަނަށް ވަނީ މުޅި ދުނިޔެއިން 849 ކަރޯޑު ރުޕީސް (1.5 ބިލިއަން ދިވެހި ރުފިޔާ) ހޯދާފައެވެ. 

މިހާތަނަށް އާމިރު ހާން އަށް އެންމެ ގިނައިން ބޮކްސް އޮފީހުގައި އާމްދަނީ ލިބުނު ފިލްމަކީ "ދަންގަލް" އެވެ.  "ދަންގަލް" އަށް 387 ކަރޯޑު ރުޕީސް (718 މިލިއަން ދިވެހި ރުފިޔާ) ވަނީ ހޯދާފައެވެ. މި ރެކޯޑު މުގުރާލާނެކަމަށް ބަލައި ގިނަބަޔަކު އިންތިޒާރުކުރި އާމިރު ހާންގެ އެންމެ ފަހުގެ ފިލްމު، 'ލާލް ސިންގްހް ޗައްދާ' ވަނީ ފްލޮޕްވެފައެވެ. 

ފިލްމު ފްލޮވުމާއެކު އާމިރު ހާން މިހާރު ހުރީ ބްރޭކެއްގައެވެ. އާމިރު ހާން 14 އަހަރު ވަންދެން ބޮކްއޮފީހުގެ އެންމެ ކުރީގައި ހިފެހެއްޓީ 'ގަޖްނީ'، 'ތްރީ އިޑިއޮޓްސް'، 'ޕީކޭ' އަދި ދަންގަލް އިން ހޯދި ކާމިޔާބީތަކުގެ ސަބަބުންނެވެ. 

ޝާހުގެ އެންމެ ފަހުގެ ފިލްމު 'ޕަތާން' އިން މިހާރު ބެލެވެނީ 'އާރްއާރްއާރް' ގެ ރެކޯޑު ވެސް މުގުރާލާނެކަމަށެވެ. އެ ފިލްމަށް 1200 ކަރޯޑު ރުޕީޒް (2.2 ބިލިއަން ދިވެހި ރުފިޔާ) މިހާތަނަށް ބޮކްސް އޮފީހުގައި ހޯދާފައިވެއެވެ.

ޕަތަންގައި ޝާހުރުކް ހާންގެ އިތުރުން ދިޕިކާ ޕަދްކޯން، އަދި ޖޯން އަބްރަހަމް ފެނެނެއެވެ. އަދި ހާއްސަ ރޯލަކުން ސަލްމާން ހާން ވެސް ފެނެއެވެ. 

71%
ކަމުގޮސްފި
12%
އަޑުއެހިތާ މިހުރީ
12%
ސަތޭކައަކުން ސުމެއް
6%
ވަރަށް ސަލާމް
ކޮމެންޓްސް