ކުޑަގިރި ހުޅުވުމަށް ވަމުންދާ އެންމެފަހުގެ ތައްޔާރީތައް ބައްލަވާލެއްވުމަށް އެރަށަށް ވަޑައިގަތުމަށްފަހު ފައިސަލް ވިދާޅުވީ،
ބަންދު ދުވަސްތަކުގައި އެ ރަށް ބޭނުން ކުރެވޭނީ ދިވެހިންނަށް އެކަނި ކަމަށާއި ކުޑަކުދިންނާއި ހާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކަށްވެސް ހިދުމަތް ލިބޭނެ ގޮތަށް އިންތިޒާމުތައް ހަމަޖައްސާފައިވާ ކަމަށް ނައިބު ރައީސް ވިދާޅުވިއެވެ.
މާލެ ސަރަހައްދުގައި ދިރިއުޅެމުންދާ ފަރާތްތަކުން ދަތުރު ދިއުމަށް ތަރައްގީކޮށްފައިވާ ކުޑަގިރިއަށް ހާއްސަ އެޕްލިކޭޝަނެއް އެޗްޑީސީގެ ފަރާތުން ވަނީ ތައްޔާރުކޮށްފައެވެ. އެ އެޕްލިކޭޝަން މެދުވެރިކޮށް ދަތުރު ދާން ޖާގަ އޮތް ދުވަސްތަކާއި ޖާގަ ހުރިވަރު ބަލާލެވުމުގެ އިތުރުން ދަތުރު ދިއުމަށް ބުކް ކުރެވެއެވެ.
މާލެއިން ފުރައިގެން ގާތްގަނޑަކަށް 15 ވަރަކަށް މިނެޓުން ދެވޭހާ ކައިރި ހިސާބެއްގައި އޮތް ކުޑަގިރި ފަޅުން އަށް ހެކްޓަރު ބިން ހިއްކައިގެން ތަރައްގީ ކުރެވުނު މި ރަށުގައި ދަތުރުދާ ފަރާތްތަކަށް ބޭނުންވާނެ ގިނަ ވަސީލަތްތަކެއް ވަނީ ގާއިމުކޮށްފައެވެ.