ޝޯޝަލް މީޑިއާގައި ދައުރުވަމުންދާ ފޮޓޯތަކުން ފެންނަގޮތުގައި މި އެކްސިޑެންޓްގައި ފިރިހެނަކަށް ވަރަށް ބޮޑަށް ވަނީ އަނިޔާވެފައެވެ. އޭނާ މަގުމައްޗަށް ވެއްޓިފައި އޮތްއިރު ގިނަ އަދަދެއްގެ ލޭ ފައިބަމުންދިޔަތަންވެސް ފެނެއެވެ.
މިކަމާއި ގުޅިގެން ކަމާއި ބެހޭ އިދާރާއެއްގެ ބަހެއް އަދި ލިބޭގޮތް ނުވާތީ ހާދިސާގައި އަނިޔާވެފައިވަނީ ސީދާ ކިތައް މީހުންނަށް ކަމެއް ސާފެއް ނުވެއެވެ. ނަމަވެސް ފޮޓޯތަކުން ފެންނަގޮތުން މި ހާދިސާގައި އެކްސިޑެންޓުވި ކާރާއި ސައިކަލަށްވެސް ބޮޑެތި ގެއްލުންތަކެއް ވަނީ ލިބިފައެވެ. އެގޮތުން ކާރުގެ ކުރީބައި އެއްކޮށް ފުޑުފުޑުވެފައިވާއިރު، ސައިކަލު އޮތީ މުޅިންހެން ފުޑުފުޑުވެ ހަލާކުވެފަ އެވެ.
ފުލުހުން ބުނީ އެސަރަހައްދުގައި ފުލުހުން ހަރަކާތްތެރިވަމުން ގެންދާކަމަށާއި މި އެކްސިޑެންޓްގައި އަނިޔާވި މީހަކަށް އައިޖީއެމްއެޗްގައި ފަރުވާދެމުން ގެންދާކަމަށެވެ.