
އެއްބަސްވުމުގައި ސޮއިކުރުމުގެ ރަސްމިއްޔާތުގެ ތެރެއިިން:
ރާއްޖެއަށް ޔަންމާ ބޯޓު ތައާރަފުކުރުމަށް އެމްޓީސީސީން ވައިއެމްއައިއޭ އާ އެކު ސޮއިކޮށްފި
މުހައްމަދު އަތީފް
09 ފެބްރުއަރީ 2023 - 19:53:24
ރާއްޖެއަށް ޔަންމާ ބޯޓު ތައާރަފުކުރުމަށް އެމްޓީސީސީން ޔަންމާ މެރިން އިންޓަނޭޝަނަލް އޭޝިއާ (ވައިއެމްއައިއޭ) އާ އެކު ސޮއިކޮށްފިއެވެ.
އެމްޓީސީސީން ބުނީ ޔަންމާ ބޯޓު ރާއްޖެއަށް ތައާރަފު ކުރުމުގެ ގޮތުން ވައިއެމްއައިއޭ އާއެކު ޑިސްޓްރިބިއުޓަޝިޕް އެގްރީމެންޓެއްގައި ސޮއިކޮށްފައިވާ ކަމަށެވެ.
އެމްޓީސީސީގެ ފަރާތުން އެ އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ އެ ކުންފުނީގެ ސީއީއޯ އާދަމް އާޒިމެވެ. ޔަންމާގެ ފަރާތުން ސޮއިކޮށްފައިވަނީ ވައިއެމްއައިއޭގެ ރައީސް ކިޔޯސާ އެގަޝިރާއެވެ.
ރާއްޖޭގައި އެންމެ ފުރަތަމަ ކަނޑު އުޅަނދު ފަހަރުގައި އެޅި އެއް އިންޖީނު ބްރޭންޑް ކަމަށްވާ ޔަންމާގެ ރާއްޖޭގެ ސޯލް ޑިސްޓްރިބިއުޓަރު އެމްޓީސީސީން ޔަންމާ އިންޖީނާއި ސްޕެއާ ޕާޓްސްގެ އިތުރުން އެ ކަމާ ގުޅުންހުރި ތަފާތު ބާވަތްތަކުގެ ތަކެތި ވިއްކަމުންދެއެވެ.
67%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
33%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް