ads
ރައީސް ސޯލިހް މިރޭގެ ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަނީ
މައްސަލަތައް ލަސްވުމަކީ ރައްޔިތުންގެ ޝަކުވާއެއް: ރައީސް
ކޯޓުތަކުން މައްސަލަތައް ނިންމުން ލަސްވުންކަމަކީ ރައްޔިތުންގެ އެންމެބޮޑު އެއް ޝަކުވާކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެއެވެ.

2023 ވަނަ އަހަރަށް ގަލޯއީ އަހަރު ފެށުމަށް މިރޭ ދަރުބާރުގޭގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ރައީސް ސޯލިހް ވިދާޅުވީ ޝަރުއީ ދާއިރާއާއި މެދު ރައްޔިތުންގެ އިތުބާރު މިހާރު އުފެއްދިފައިވާ ކަމަށެވެ.

ނަމަވެސް ކޯޓްތަކުގައި ބައެއް މައްސަލަތައް ލަސްވުމަކީ ރައްޔިތުންގެ އެންމެބޮޑު އެއްޝަކުވާކަމަށް ރައީސް ވިދާޅުވިއެވެ.

ސަރުކާރުގެ ސްޓްރެޓީޖިކް އެކްޝަން ޕްލޭންގެ ދަށުން ފަނޑިޔާރުގެއާ މެދު ރައްޔިތުންގެ ހިތްތަކުގައި ކުރިން އޮތް ނުރަނގަޅު ތަސައްވުރު، މަޑުމަޑުން ރަނގަޅުވެ ރައްޔިތުންގެ އިތުބާރު ލިބެމުން އަންނަކަމަށާއި ފަނޑިޔާރުގެއާ މެދު ރައްޔިތުންގެ ހިތްތަކުގައި އިތުބާރު އުފެދެނީ، އަދުލަށް ހުކުމް ކުރަމުން އަންނާތީކަމަށް ރައީސް ވިދާޅުވިއެވެ.

ނަމަވެސް ފަނޑިޔާރު ގެއިން ކުރާ ހުކުމަކީ ކަމުގެ މުއާލާތް ނުކެނޑެނީސް، ނުވަތަ ވަގުތު ފާއިތުވުމުގެ ކުރިން އިއްވާ ހުކުމަކަށްވެސް ވާންޖެހޭކަމަށް ރައީސް ވިދާޅުވިއެވެ.

"މިއަދުވެސް ބައެއް ރައްޔިތުންގެ އެންމެ ބޮޑު ޝަކުވާއަކީ ކޯޓުތަކުން މައްސަލަތައް ލަސްވުން."

ރައީސް ވިދާޅުވީ ރައްޔިތުންގެ އިތުބާރު ހޯދުމަށް އަދިވެސް މަސައްކަތްކުރަން ޖެހޭކަމަށާއި މައްސަލަތައް ލަސްނުވެ، ވަގުތު ފާއިތުވުމުގެ ކުރިން މައްސަލަތައް ނިންމުމަކީ އެންމެ މުހިއްމު އެއް މަސައްކަތް ކަމަށެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
100%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް