ads
ޝިވް ތަކަރޭ
ބިގް ބޮސް 16: ޝިވް ތަކަރޭ އަށް އަނިޔާ ކުރުމުން، މަންމަ ހިތާމަކުރަނީ
'ބިގް ބޮސް' ގެ ސީސަން 16ގެ ފައިނަލަށް ގާތްވެފައިވަނިކޮށް ޝިވް ތަކަރޭގެ ލޮލަށް ރީނދޫ ޖެހުމުގެ ސަބަބުން ލިބުނު ގެއްލުމުގެ ސަބަބުން އުފެދުނު އިންފެކްޝަން އަދިވެސް ރަނގަޅު ނުވާތީ އޭނާގެ މަންމަ ހިތާމަ ކުރާމުން ގެންދާކަަމަށް ބައެއް ރިޕޯޓުތައް ބުނެފިއެވެ.

ޝިވް ތަކަރޭގެ ލޮލަށް ރީނދޫ ޖަހާފައިވަނީ 'ބިގް ބޮސް: 16'  ގެ އެންމެ ފަހު ތިން ބައިވެރިންނަށް "ޓޯޗާ" ކުރުމުގެ ގޮތުންނެވެ. ނަމަވެސް އެ ޓާސްކު ދިޔައީ ގޯހުން ގޯހަށެވެ. ސަބަބކީ ލޮލަށް ރީނދޫ ޖެހުމުގެ ސަބަބުން ބައެއް ބައިވެރިން ކެތް ނުކުރެވިގެން ރުއިން ހުއްޓާނުލުމުން ޓާސްކު ޖެހުނީ ކަނޑައަޅާފައިވާ ވަގުތައްވުރެ އަވަހަށް ހުއްޓާލާށެވެ. 

ފައިނަލް އޮތީ  ޝިވް ތަކަރޭ އާއި ޕްރިޔަންކާ ޗަހާރު ޗޯދަރީ އާދެމެދުއެވެ.

ޝިވް ތަކަރޭ އަށް ލޮލުގެ އިންފެކްޝަނެއް ވަނީ ޖެހިފައެވެ. ޑޮކްޓަރުން އުންމީދު ކުރިހާ އަވަހަށް އިންފެކްޝަން ރަނގަޅުވަމުން ނުދާތީ އެނާގެ އާއިލާއަށް ވަނީ ބޮޑު މަޔޫސްކަމަކާ ދިމާވެފައިކަމަށް ވެސް ރިޕޯޓުތައް ބުނެއެވެ. އަދި އެނާގެ މަންމަ ރުއިން ހުއްޓާނުލާކަމަށް ވެސް އޭނާގެ އާއިލާއާއި ހަވާލާދީ ނޫސްތަކުގައި ބުނެފައިވެއެވެ.

your imageޝިވް ތަކަރޭ އަދި އޭނާގެ މަންމަ

ބިގް ބޮސް އަށްފަހު ޝިވް ތަކުރޭ ކައިވެނިކުރުމަށް އެނާގެ އާއިލާއިން ވަނީ ރާވާފައެވެ. އެނާގެ ލޮލަށް ލިބުނު ގެއްލުންތަކުގެ ސަބަބުން ކައިވެނިވެސް ފަސްކުރަންޖެހިދާނެއެވެ. 

ޝިވް ތަކަރޭ އެންމެ ފުރަތަމަ މަޝްހޫރުވީ އެމްޓީވީގެ ރިއަލިޓީ ޝޯ "ރޯޑީސް ރައިސިން" އިންނެވެ.  އޭގެ ފަހުން "ބިގް ބޮސް މަރާތީ 2 " ގައި ވެސް އޭނާ ބައިވެރިވިއެވެ. 

88%
ކަމުގޮސްފި
5%
އަޑުއެހިތާ މިހުރީ
5%
ސަތޭކައަކުން ސުމެއް
2%
ވަރަށް ސަލާމް
ކޮމެންޓްސް