ads
ޕްރަބާސް އާއި ކްރިތީ ސެނޮން
ޕްރަބާސް އާއި ކްރިތީ ސެނޮން ރާއްޖޭގައި އެންގޭޖް ކުރަނީތަ؟
ބޮލީވުޑްގެ ހަބަރުތައް ގެނެސްދޭ ނޫސްތަކުގައި އެންމެ ހޫނުކޮށް ފެތުރެމުން ގެންދާ އެއް ހަބަރަކީ ޕްރަބާސް އާއި ކްރިތީ ސެނޮން ރާއްޖޭގައި އެންގޭޖުކުރަން އުޅޭކަމަށް ފެތުރިފައިވާ ހަބަރެވެ.

ނަމަވެސް މިއީ ދެތު ހަބަރެއް ކަމާމެދު ގިނަބަޔަކު ސުވާލު އުފައްދައެވެ. މިހެންކަމުން މިހަބަރުގެ ތެދު ދޮގު ބަލައިލާނަމަވެ.

ހަބަރުތައް ފެތުރިފައިވާ ގޮތުން އެ ދެމީހުން ރާއްޖޭގައި އެންގޭޖްކުރާނީ އަންނަ ހަފްތާގައެވެ. 

'އަދީޕޫޝް' އިން ފެންނަ މި ދެ  ތަރިން އެކަކު އަނެކަކާ ގުޅުން އޮންނަތާ ދުވަސްކޮޅެއް ވެއްޖެއެވެ. 

ސެނޮން، ޕްރަބާސްއާ ރައްޓެހިވި ކަމަށް ދޮގުކުރި ނަމަވެސް އެދެމީހުންގެ ގުޅުން އޮންކަން ވަނީ ޔަގީންވެފައެވެ. 

ނަމަވެސް މި ދެ ތަރިން ދިވެހިރާޢްޖެއަށް އެންގޭޖްވާން އަންނަ ހަބަރަކީ ދޮގު ހަބަރެއްކަމަށް ޕްރަބާޝްއާއި ގާތް ގުޅުމެއް އޮންނަ މީހަކާ ހަވާލާދީ 'ވިއޯން' ނިއުސް ގައި ބުނެގައިފެއެވެ. 

ކްރިތީ ސެނޮން އަކީ ބޮލީވުޑްގެ އަދި ޓެމިލް ބައެއް ފިލްމުތައް ވެސް ކުޅޭ ތަރިއެކެވެ. ސަލްމާން ހާންގެ ކުރިއަށް އޮތް ފިލްމު 'ކިސީކީ ބާއީ ކިސީކީ ޖާން' އިން ވެސް އެނާ ފެންނާނެއެވެ. 

ޕްރަބާސް، އަކީ ޓެލެގޫ ސިނަމާގައި އެންމެ މަޝްހޫރު އެއް މޫނެވެ. އިންޑިއާގައި އެންމެ ބޮޑު މުސާރައެއް ލިބެނީ ވެސް ޕްރަބާޝް އަށެވެ. ޕްރަބާސްގެ އާމްދަނީ އާއި މަގުބޫލުކަމަށް ބަލައި 2015 ވަނަ އަހަރުން ފެށިގެން ތިން ފަހަރު "ފޯބްސް އިންޑިއާ" ގެ "ސެލެބްރިޓީ 100" ލިސްޓުގައި ހިމެނިފައިވެއެވެ. 

50%
ކަމުގޮސްފި
25%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
25%
ވަރަށް ސަލާމް
ކޮމެންޓްސް