
މަޝްހޫރު މީޑިއާ ކުންފުނި 'އިންސާޑާ' އިން ވަނީ ރަޝިޔާއިން ޔޫކްރެއިން ހިފަން ހަނގުރާމަ ފެށިފަހުން ރަޝިޔާގެ 'ލިގާޗް' ގެ އަގުބޮޑެތި ޔޮޓްތައް ދަތުރުކުރާ މަންޒިލްތައް ދެނެގަތުމަށް 'ސްޕެއާ' އިން ހީޓް މެޕެއް ގަނެފައެވެ.
މި ހީޓްމެޕް ފެންނަގޮތުން ދުނިޔޭގެ ގިނަ ގައުމުތަކުން ދަތިކުރުމުގެ ފިޔަވަޅު އަޅާފައިވާ ޔަޝިޔާގެ މަހުޖަނުންނެގެ ޔޮޓްތައް އަދިވެސް އަންނީ ދިވެހިރާއްޖޭގައި ބަދަރުކުރަމުންނެވެ.
އެ ޔޮޓްތަކުގައި ތަފާތު ބޮޑެތި ކުށްވެރިންނާއި އެކި މައްސަލަތަކުގައި ދުނިޔޭގެ ގައުމުތަކުން އަތުލައިގަންނަން ބޭނުންވާ މީހުން ވެސް ދިރިއުޅެއެވެ.
މި ޔޮޓްތައް ދިވެހިރާއްޖޭގައި ބަނދަރުކުރަމުން ގެންދަނީ، އެމެރިކާއާއި ރާއްޖެއާއި ދެމެދު ކުށްވެރިން ބަދަލުކުރާނެ އެއްބަސްވުމެއް ނޯންނާތީކަމަށް ވެސް އެ ރިޕޯޓުގައި ބުނެފައިވެއެވެ.
ރަޝިޔާގެ ޔޮޓްތައް ދަތުރުކުރި މަންޒިލްތައް ދައްކުވައިދޭ ހީޓް ޗާޓެއް: ފޮޓޯ އިންސައިޑާ
ޕޫޓިން ޔޫކްރޭނަށް އަރައިގަތުމަށްފަހު، މެޑިޓެރޭނިއަން ކަނޑުގެގައި ރަޝިޔާގެ ޔޮޓްތައް ހަރަކާތްރިވާ މިންވަރު ވަނީ މަދުވެފައެވެ. އެ ޔޮޓްތަކުން އޭގެ ކުރިން ދަތުރުކުރި މަގުބޫލު ބައެއް މަގުތަކުން ދުތުރުކުރުން ވަނީ އެއްކޮށް ހުއްޓާލާފައެވެ.
އެ ސަރަހައްދުގައި ޔޮޓްތައް ޝައުގުވެރިވި ހަމައެކަނި ގައުމަކީ ތުރުކީ އެވެ. ތުރުކީން އަދިވެސް ރަޝިޔާގެ ލިގާޗްތަކުގެ ޔޮޓްތަކަށް ރައްކާތެރި ތަނަކަށް ޔޫކްރޭނާ ދެކޮޅަށް ރަޝިޔާއިންކުރާ ހަނގުރާމައާ ދެކޮޅަށް ތުރުކީން އަދިވެސް ދަތިކުރުމުގެ ފިޔަވަޅު ނާޅާތީއެވެ.
ދަތިކުރުމުގެ ފިޔަވަޅު އަޅާފައިވާ ބިލިއަނަރު ރޯމަން އަބްރަމޮވިޗްގެ ދެ ސުޕަޔޮޓް ވެސް މާޗް މަހު ތުރުކީއަށް ދަތުރުކުކޮށް އަދި ވެސް އެތަނެއްގައި ބަނދަރުކޮށްގެން އެބައޮތް ކަމަށް މެރިން ޓްރެފިކްގެ ތަފާސް ހިސާބުތަކުން ދައްކަ އެވެ.
ނަމަވެސް ތުރުކީން އަންނަނީ ރަޝިޔާއަށް ދަތިކުރުމުގެ ފިޔަވަޅު އެޅުމަށް ތައްޔާރުވަމުންނެވެ. އެ ފިޔަވަޅު އެޅުމާއެކު ތުރުކީއަށް ދަތުރުކުރުން ވެސް ހުއްޓާލާނެއެވެ.