ads
ސާވިކަލް ކެންސަރަށް އަހުލުވެރި ކުރުމަށް ކުރިއަށް ގެންދިޔަ ސެޝަނުގެ ތެރެއިން - ފޮޓޯ:ސްޓެލްކޯ
ސާވިކަލް ކެންސަރަށް އަހުލުވެރިކުރުމަށް ސްޓެލްކޯއިން ސެޝަނެއް ކުރިއަށް ގެންގޮސްފި
ސާވިކަލް ކެންސަރަށް އަހުލުވެރި ކުރުމަށް ހާއްސަ ސެޝަނެއް ސްޓެލްކޯއިން ކުރިއަށް ގެންގޮސްފިއެވެ.

އެ ކުންފުނީގައި މަސައްކަތް ކުރަމުންދާ އަންހެން މުވައްޒަފުންނަށް ހާއްސަކޮށްގެން ކުރިއަށް ގެންދިޔަ އެ ސެޝަންގައި ސާވިކަލް ކެންސަރު ނުވަތަ ރަހިމުގެ ދޮރަށް ޖެހޭ ކެންސަރަށް އަހުލުވެރިކުރުވުމަށް ކަމާ ގުޅުންހުރި މައުލޫމާތު ފޯރުކޮށްދީފައިވާ ކަމަށް ސްޓެލްކޯއިން ބުނެއެވެ.

އަންހެނުންގެ ދަރިމައިވުމުގެ ނިޒާމަށް ޖެހޭ މި ކެންސަރުގެ ދެބައިކުޅަ އެއްބައި ކެންސަރު ޖެހެނީ ރަހިމުގެ ދޮރުގެ ސެލްތަކަށް އަންނަ ބަދަލަކުން ކަމަށާއި ސާވިކަލް ކެންސަރަށް ސްކްރީން ކުރުމުން ބަލީގެ ކުރީކޮޅުގައި ފަރުވާ ފެށި އަދި ބަލިން ފަސޭހަވުމުގެ ފުރުސަތު ބޮޑުވާ ކަމަށް ސިއްހީ މާހިރުން ވިދާޅުވެއެވެ. 

ޑޮކްޓަރުން ވިދާޅުވާ ގޮތުގައި މި ކެންސަރު ޖެހުމުގެ ފުރުސަތު ކުޑަކުރުމަށް ސިއްހީ ރަނގަޅު އާދަތަކާ އެއްގޮތަށް ދިރިއުޅުން ބައްޓަން ކުރުމުގެ އިތުރުން އެޗްޕީވީ ވެކްސިން ޖެހުން މުހިންމު ކަމުގައެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް