ސީރިޔާ އާއި ތުރުކީއަށް ކުރިމަތިވެފައިވާ ހިތާމަވެރި ހާލަތުގައި ތައުޒިޔާ ވިދާޅުވެ ދެގައުމުގެ ލީޑަރުންނަށް ރައީސް ސޯލިހު މިއަދު ވަނީ ތައުޒީޔާގެ މެސެޖެއް ފޮނުއްވާފަ އެވެ.
ރައީސް އޮފީހުގެ ތަރުޖަމާން މިއުވާން މުހައްމަދު ވިދާޅުވީ ދެގައުމަށް އެއް މިލިއަން މަސްދަޅު ފޮނުއްވަން ރައީސް ސޯލިހު ނިންމެވީ ދިވެހީންގެ ފަރާތުން ދެގައުމަށް ހަދިޔާ ކުރާ ރަމްޒީ އެހީއެއްގެ ގޮތުގައި ކަމަށެވެ.
މިގޮތުން ކޮންމެ ގައުމަކަށް ފޮނުވަން ނިންމާފައިވަނީ 500،000 މަސްދަޅެވެ.
ހޯމަ ދުވަހުގެ ރޭ ސީރިއާ އާއި ތުރުކީއަށް އައި 7.8 މެގްނިޓިއުޑްގެ ބިންހެލުމުގައި ވެއްޓިފައިވާ އިމާރާތްތަކުގެ ދަށުގައި އެތައްހާސް ބަޔަކު އަދިވެސް ތާށިވެފައިވާއިރު، މި ހާދިސާގައި މަރުވި މީހުންގެ އަދަދު މިހާރުވަނީ 21،000 ހުރަސްކޮށްފަ އެވެ.