
އަންހެން އަދި ފިރިހެން ވޮލީ ޓީމު
އަންހެން އަދި ފިރިހެން ވޮލީ ޓީމު ތައިލެންޑަށް
ސްޕޯޓްސް ޓީމް
10 ފެބްރުއަރީ 2023 - 20:03:29
ދިހަ ދުވަހުގެ ޓްރެއިނިން ކޭމްޕެއްގައި ގައުމީ އަންހެން އަދި ފިރިހެން ވޮލީ ޓީމު ތައިލެންޑަށް ފުރައިފިއެވެ.
ދިހަ ދުވަހުގެ ޓްރެއިނިން ކޭމްޕެއްގައި ގައުމީ އަންހެން އަދި ފިރިހެން ވޮލީ ޓީމު ތައިލެންޑަށް މި ފުރީ މި މަހު ރާއްޖޭގައި ބާއްވާ ފޯ ނޭޝަން މުބާރާތްތަކަށް ތައްޔާރު ވުމަށެވެ.
ޓީމު ފުރީ މިއަދު ހެނދުނުއެވެ. މިއަދު ހެނދުނު ތައިލެންޑަށް ފުރި ދެ ޓީމާ ސްޕޯޓްސް މިނިސްޓަރު އަހުމަދު މަހްލޫފް ރޭ ވަނީ ބައްދަލު ކުރައްވައިފަ އެވެ.
ފޯ ނޭޝަނަސް މުބާރާތް އޮންނާނީ މި މަހުގެ ފަހުކޮޅުއެވެ. މި މުބާރާތުގައި މެލޭޝިޔާ އަދި ސިންގަޕޫރުން ބައިވެރިވާނެ ކަމަށް މައުލޫމާތު ލިބިފައިވެއެވެ. މީގެ އިތުރުން ސަރަހައްދީ އެހެން ގައުމަކުންވެސް މި މުބާރާތުގައި ބައިވެރިވާނެ ކަމަށްވަނީ މައުލޫމާތު ލިބިފައެވެ.
0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
100%
ވަރަށް ސަލާމް
ކޮމެންޓްސް