ads
ސަލްމާނުގެ ކޮއްކޮ، އަރްޕިތާގެ ދަރިފުޅުގެ ފޮޓޯތައް ހިއްސާކޮށްފި
ބޮލީވުޑުގެ މަޝްހޫރު ބަތަލު ސަލްމާން ހާނުގެ ކޮއްކޮ، އަރްޕިތާ ހާނުގެ ދެވަނަ ދަރިފުޅުގެ ފޮޓޯތައް ދައްކާލައިފިއެވެ.
ބޮލީވުޑުގެ މަޝްހޫރު ބަތަލު ސަލްމާން ހާނުގެ ކޮއްކޮ، އަރްޕިތާ ހާނުގެ ދެވަނަ ދަރިފުޅުގެ ފޮޓޯތައް ދައްކާލައިފިއެވެ.

އަރްޕިތާގެ ފިރިމީހާ އަދި އެކްޓަރު އަޔޫޝް ޝަރުމާ އިންސްޓަގުރާމު މެދުވެރިކޮށް އެފޮޓޯތައް ހިއްސާކޮށްފައިވާއިރު އެފޮޓޯތަކުން ފެނިގެންދަނީ އަރްޕިތާ އާއި އަޔޫޝް އަދި އެދެމީހުންގެ ފުރަތަމަ ދަރިފުޅު (އާހިލް) އަދި ދެވަނަ ދަރިފުޅު (އަޔާތު)ގެ ފޮޓޯއެވެ.


ގިނަ ބަޔަކަށް އެފޮޓޯތައް ކަމުގޮސްފައިވާއިރު ސަލްމާނުގެ ކޮއްކޮ ވިހާފައިވަނީ މިމަހު 27 ވަނަ ދުވަހުއެވެ. އެއީ ސަލްމާނުގެ ވެސް އުފަންދުވަހެވެ.

އުމުރުން 29 އަހަރުގެ އަރްޕިތާ އާއި 28 އަހަރުގެ އާޔޫޝް ، ކައިވެނި ކުރީ 2014 ވަނަ އަހަރުގަ އެވެ. އެދެމީހުންނަށް ފުރަތަމަ ދަރިފުޅު ލިބިފައިވަނީ 2016 ވަނަ އަހަރުއެވެ.

އަރްޕިތާއަކީ، ސަލްމާން ހާނުގެ މައިންބަފައިން އެޑޮޕްޓް ކުރި ކުއްޖެކެވެ. އޭގެ ފަހުން އެ އާއިލާއާއެކު އަރްޕިތާ ދިރިއުޅެމުން އަންނައިރު ސަލްމާން ހާނުގެ އެއްބަނޑު އެއްބަފައި އެންމެން ވެސް ދެކެމުން އަންނަނީ އަރްޕިތާއަކީ އާއިލާ މެމްބަރެއްގެ ގޮތުގަ އެވެ.

އަރްޕިތާއާ އަޔޫޝް ކައިވެނި ކުރުމާއެކު ސަލްމާން ވަނީ އަޔޫޝް ބޮލީވުޑަށް ވެސް ތައާރަފުކޮށްދީފަ އެވެ.
0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް