ސިޓީ ކައުންސިލުން ބުނެފައިވާ ގޮތުގައި ހުޅުމާލޭ ފޭސް އެކެއް އަދި ދޭއްގައި ފެއާ، ނައިޓް މާކެޓް ނުވަތަ މަގުމަތީ ބާޒާރު ބޭއްވުމުގެ ފުރުސަތު ހުޅުވާލާފައިވާ ކަމަށާއި އެ ކަމަށް އެދޭ ފޯމް އެ ކައުންސިލުން ލިބެން ހުންނާނެ ކަމުގައެވެ.
ފެއާ، ނައިޓް މާކެޓް ނުވަތަ މަގުމަތީ ބާޒާރު ބޭއްވުމުގެ ހުއްދަ ދޫކުރުމަށް ނިންމާފައިވަނީ ކޮންމެ މީލާދީ އާ އަހަރެއް ފެށޭ ދުވަހާއި އަހަރު ނިމޭ ދުވަހު ކަމަށް އެ ކައުންސިލުން ބުނެއެވެ.
އޭގެ އިތުރުން މިނިވަން ދުވަހާއި ކޮންމެ އަހަރެއްގެ ރޯދަމަހެއް ފެށޭ ދުވަހާއި ބޮޑު އީދާ ގުޅިގެން އަންނަ ބަންދު ދުވަސްތައް ހިމެނޭގޮތަށް އެ ހުއްދަ ދޫކުރުމަށް ހަމަޖެހިފައިވާ ކަމަށް ވެސް ސިޓީ ކައުންސިލުން ބުނެއެވެ.
ފޯމް ހުށަހަޅާއިރު ބަޔާންކުރަން ޖެހޭ މައުލޫމާތު:
އެ ކައުންސިލުން ބުނެފައިވަނީ ފެއާ، ނައިޓް މާކެޓް ނުވަތަ މަގުމަތީ ބާޒާރު ބޭއްވުމުގެ ހުއްދައަށް އެދޭ ފޯމް މި މަހުގެ 12 ވަނަ ދުވަހުން ފެށިގެން 23 ވަނަ ދުވަހުގެ މެންދުރުފަހު 01:30 ގެ ނިޔަލަށް ބަލައިގަންނާނެ ކަމަށެވެ. ފޯމްތައް ބަލައިގަތުމަށް ހަމަޖެހިފައިވާނީ ރަސްމީ ދުވަސްތަކުގެ ހެނދުނު 08:30 އިން ފެށިގެން މެންދުރުފަހު 01:30 އަށް އެ ކައުންސިލުގެ އިދާރާއިން ކަމަށް ސިޓީ ކައުންސިލުން ބުނެއެވެ.