ads
ގާޒިއެންޓެޕްްގައި ތިބި އައިއޭސީ ޓީމު އަދި ޑރ. މުހައްމަދު އަލީ——ފޮޓޯ: އައިއޭސީ
ދެ ދުވަހުގެ ދިގު ދަތުރަކަަށްފަހު ތުރުކީއަށް ގޮސް ހަަމަޖެހިނުލެވެނީސް ލޮޅުމެއް!
ތުރުކީއަށް އައި ބިން ހެލުމުގައި ޒަހަމުވެފައިވާ މީހުންނަށް ފަރުވާކުރުމަށް ޑރ. މުހައްމަދު އަލީ ތުރުކީއަށް ފުރީ މިދިޔަ ބުރާސްފަތި ދުވަހުގެ ރެއެވެ. ދެދުވަހުގެ ދިގު ދަތުރެކެވެ.
Advertisement

ޑރ. މުހައްމަދު އަލީ ހިމެނޭހެން ދުނިޔޭގެ އެކި ހިސާބުތަކުގައި ހާލުގައި ޖެހިފައިވާ މީހުންނަށް އެހީވަމުން ގެންދާ އިންޓަނޭޝަނަލް އެއިޑް ކެމްޕެއިން (އައިއޭސީ) ގެ ޓީމު، ރާއްޖެއިން ފުރައިގެން ދަތުރުމަތީގައި އަށް ގަޑިއިރު ހޭދަވި އެވެ. 

އެ ދިގު ދަތުރަށްފަހު ތުރުކީގެ އަޑާނާ ސިޓީއަށް ދިއުމަށް އިތުރު 1 ގަޑިއިރާއި 30 މިނެޓު ހޭދަވި އެވެ. އެތަނުގައި ފަސް ގަޑިއިރު ހޭދަވުމަށްފަހު އެ ޓީމު ތިބުމަށް ހަމަޖެހިފައިވާ ގާޒިއަންޓެޕް އަށް ދިއުމަށް އިތުރު ތިން ގަޑިއިރުގެ މަގުމަތީ ދަތުރެއް ކުރަން ޖެހުނެވެ. 

ދެ ދުވަހުގެ ދިގު ދަތުރަކާއި ދިގު ގަޑިއިރުތަކެއްގެ އިންތިޒާރަކަށްފަހު ގާޒިއަންޓެޕަށް އައިއޭސީގެ ޓީމާއި ޑރ. މުހައްމަދު އަލީ އަށް ދެވުނީ ދަންވަރު 03:30 ހާއިރު އެވެ. އެތަނުގެ ގިނަ މަގުތައް ދުއްވުން ރައްކާތެރި ނުވާވަރަށް ވަނީ ހަލާކުވެފަ އެވެ. ބައެއް އިމާރާތްތައް ވަނީ ބިން ހެލުމުގެ ސަބަބުން މަގުމައްޗަށް ވާގޮތަށް އަރިއަޅާލާފަ އެެވެ. ހަމަ ދާދި ދެންމެއަކު ވެއްޓިދާނެހެން ހީވާ ވަރަށެވެ. 

ނުރައްކާތެރި އެމަގުތަކުން ގަދަފިނީގައި ކުރި ދިގު ދަތުރަކަށްފަހު އެ ޓީމު ގާޒިއަންޓެޕްގައި ތިބެން ހަމަޖެހިފައިވާ ތަނަށް ދަންވަރުގެ ވަގުތުގައި ފޯރި އެވެ. ފަތިސް ނަމާދަށްފަހު ނިދަން އޮށޯވެ ހަމަޖެހިލިތާ މާގިނަ އިރުތަކެއް ނުވެ އެވެ. ހަމަކިރިޔާ ނިދުނުތަނާހެން މުޅި ޓީމު ނިދިން ހޭލައްވާލީ ބިންހެލުމަށްފަހު އަންނަމުންދިޔަ ލޮޅުންތަކުގެ ތެރެއިން ލޮޅުމަކުން ނެވެ. 

your imageގާޒިއެންޓެޕްްގައި ތިބި އައިއޭސީ ޓީމު އަދި ޑރ. މުހައްމަދު އަލީ——ފޮޓޯ: އައިއޭސީ

އައިއޭސީގެ ޓީމުން މީގެ ކުޑައިރުކޮޅެއް ކުރިން ބުނިގޮތުން ލޮޅުމާއިއެކު މުޅި ޓީމުގެ ނިދިފިލައި މިހާރު ވަނީ މަސައްކަތައް ނިކުމެފަ އެވެ. ޑރ. މުހައްމަދު އަލީވެސް ނިދިކުރެއްވީ މި ޓީމާއިއެކުއެވެ. ނިދަން ބޭނުންކުރީ ގޮދަޑިއަކާއި ރަޖާގަޑެކެވެ. 

ދިގުދަތުރަކަށްފަހު ގަދަ ފިނީގައި ވަރުބަލި ކަމާއިއެކު ނިދަން އޮށޯވެލިތަނުން އައި މި ލޮޅުމާއިއެކު އަނެއްކާވެސް ވަރުބަލި ފިލުވާލާނެ ވަގުތުވެސް ނުލިބި މިވަގުތު އައިއޭސީގެ ޓީމާއިއެކު ޑރ. މުހައްމަދު އަލީވެސް ހުންނެވީ މަސައްކަތައް ނިކުމެ އެވެ. 

ޑރ. މުހައްމަދު އަލީ އެ ދަތުރުގައި އައިއޭސީ ޓީމާއި ގުޅިވަޑައިގަތީ އަމިއްލަ އިސްނެންގެވުމުގެ މަތީން ނެވެ. ޑރ. މުހައްމަދު އަލީ ވިދާޅުވިގޮތުން އެދަތުރަކީ ތުރުކީއަށް ކުރިމަތިވެފައިވާ ނުރައްކާތެރި ހާލަތު ދެނެގަތުމަށާއި ނުރައްކާތެރި ހާލަތުގައި ތިބި މީހުންނަށް ދެވެންއޮތް ކުޑަ އެހީއެއް ނަމަވެސް ވެދިނުމުގެ މަގުސަދުގައި ކުރާ ދަތުރެކެވެ.

އެތެރެ ހަށީގެ ހާއްސަ ޑޮކްޓަރު މުހައްމަދު އަލީގެ ހާއްސަ މެޑިކަލް ޕްރޮގްރާމެއް މިދިޔަ އަހަރު އައިއޭސީ އާއިއެކު ރޮހިންޔާގެ ރެފިއުޖީ ކޭމްޕެއްގައި ވެސް ވަނީ ބާއްވާފަ އެވެ. އެފަހަރު ވެސް އެތަނުގައި އެކި ސިއްހީ އެހީތެރިކަން ބޭނުންވެފައިވާ މީހުންނަށް ޑރ. މުހައްމަދު އަލީ ފަރުވާދީފައިވެއެވެ.

89%
ކަމުގޮސްފި
2%
އަޑުއެހިތާ މިހުރީ
5%
ސަތޭކައަކުން ސުމެއް
4%
ވަރަށް ސަލާމް
ކޮމެންޓްސް