ads
މިދިޔަ މަހު ދައުލަތަށް ޓެކްސް އާމްދަނީގެ ގޮތުގައި ޖުމްލަ 3.4 ބިލިއަން ރުފިޔާ ވަނީ ލިބިފައި - ފޮޓޯ:އަވަސް
ބޮޑުކުރި ޓެކްސް އާއެކު މިދިޔަ މަހު ޖީއެސްޓީގެ ގޮތުގައި 1.6 ބިލިއަން ރުފިޔާ
މި އަހަރުގެ ފުރަތަމަ މަހު ދައުލަތަށް ޖީއެސްޓީން އާމްދަނީގެ ގޮތުގައި 1.6 ބިލިއަން ރުފިޔާ ލިބިފައިވާ ކަމަށް ދައްކައިފިއެވެ.

ފިނޭންސް މިނިސްޓްރީގެ ތަފާސް ހިސާބުތައް ދައްކާގޮތުން މިދިޔަ މަހު ޖީއެސްޓީ އަދި ޓީޖީއެސްޓީގެ ގޮތުގައި ލިބުނު އާމްދަނީގެ މިންވަރު ވަނީ އިތުރުވެފައެވެ.

  • ނިމިދިޔަ މަހު ޓީޖީއެސްޓީގެ ގޮތުގައި 1.2 ބިލިއަން ރުފިޔާ ލިބިފައިވޭ
  • މިދިޔަ އަހަރުގެ އެ މުއްދަތުގައި ލިބިފައިވަނީ 781.5 މިލިއަން ރުފިޔާ
  • ޖީއެސްޓީގެ ގޮތުގައި މިދިޔަ މަހު ލިބުނީ 405.4 މިލިއަން ރުފިޔާ
  • ފާއިތުވެދިޔަ އަހަރުގެ ޖެނުއަރީ މަހު ޖީއެސްޓީގެ ގޮތުގައި ލިބިފައިވަނީ 298.5 މިލިއަން ރުފިޔާ

މުދަލާއި ހިދުމަތުގެ އަގުން ޓެކްސް ނެގުމުގެ ގާނޫނަށް ހަވަނަ އިސްލާހު ގެނައުމުގެ ގާނޫނުގެ ދަށުން، މި އަހަރުގެ ޖެނުއަރީ މަހުގެ އެއް ވަނަ ދުވަހުން ފެށިގެން ޓޫރިޒަމް ދާއިރާގެ މުދަލާއި ހިދުމަތުން ނެގޭ ޖީއެސްޓީ (ޓީޖީއެސްޓީ) ގެ ރޭޓް 12 އިންސައްތަ އިން 16 އިންސައްތަ އަށް އަދި ޓޫރިޒަމް ދާއިރާ ނޫން ދާއިރާތަކުގެ މުދަލާއި ހިދުމަތުން ނެގޭ ޖީއެސްޓީ (ޖީއެސްޓީ) ގެ ރޭޓް ހައެއް އިންސައްތަ އިން އަށެއް އިންސައްތަ އަށް ވަނީ ބޮޑުކޮށްފައެވެ.

  • ނިމިދިޔަ އަހަރުގެ ޖެނުއަރީ މަހު ޓެކްސް އާމްދަނީގެ ގޮތުގައި ލިބިފައިވަނީ 2.3 ބިލިއަން ރުފިޔާ
  • މިދިޔަ މަހު ދައުލަތަށް ޓެކްސް އާމްދަނީގެ ގޮތުގައި ޖުމްލަ 3.4 ބިލިއަން ރުފިޔާ ވަނީ ލިބިފައި

އަހަރުގެ ފުރަތަމަ މަހު ޓެކްސްގެ ގޮތުގައި ލިބުނު އާމްދަނީ އިތުރުވެފައިވީ ނަމަވެސް ޓެކްސް ނޫން ދާއިރާތަކުން ލިބުނު އާމްދަނީ ވަނީ މިދިޔަ އަހަރާ އަޅާބަލާއިރު ދަށްވެފައެވެ.

  • ޓެކްސް ނޫން ދާއިރާތަކުން މިދިޔަ އަހަރުގެ ފުރަތަމަ މަހު 653.7 މިލިއަން ރުފިޔާ ލިބުނު
  • މި އަހަރުގެ ޖެނުއަރީ މަހު ލިބިފައިވަނީ 403.1 މިލިއަން ރުފިޔާ

މި މަހުގެ ދެވަނަ ދުވަހުގެ ނިޔަލަށް ދައުލަތަށް ޖުމްލަ އާމްދަނީގެ ގޮތުގައި 3.8 ބިލިއަން ރުފިޔާ ވަނީ ލިބިފައެވެ. ފާއިތުވެދިޔަ އަހަރުގެ އެ މުއްދަތުގައި ލިބިފައިވަނީ 2.9 ބިލިއަން ރުފިޔާއެެވެ.

މި އަހަރުގެ ބަޖެޓުގައި ޓީޖީއެސްޓީ އާއި ޖީއެސްޓީން ދައުލަތަށް 13.2 ބިލިއަން ރުފިޔާ ލިބޭނެ ކަމަށް ވަނީ ލަފާކޮށްފައެވެ. މި އަހަރު ނިމޭއިރު ދައުލަތަށް 32 ބިލިއަން ރުފިޔާގެ އާމްދަނީއެއް ލިބޭނެ ކަމަށް ލަފާކޮށްފައިވާއިރު، ޓެކްސް އާމްދަނީގެ ގޮތުގައި 23.5 ބިލިއަން ރުފިޔާ ލިބޭނެ ކަމަށް ވެސް ބަޖެޓުގައި އަންދާޒާކޮށްފައިވެއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް