ބައެެއް ބިންހެލުންތަކުގެ އަސަރު އަޅުގަނޑުމެން ދިރުޅޭ މި ކުޑަ ކުޑަ ދިވެހިރާއްޖެއަށް ވެސް ވަނީ ކޮށްފައެވެ.
މިހާ ހިސާބުން ފާއިތުވީ ގަރުނެއްހާ ދުވަހުގެ ތެރޭގައި ދުނިޔެއަށް އައި އެންމެ ނުރައްކާތެރި ބިންހެލުންތަކަށް ބަލައިލާނަމެވެ.
މި ހިނގާ ފެބްރުއަރީ މަހުގެ ހަ ވަނަ ދުވަހު ތުރުކީގެ އިރުދެކުނަށް އައި 7.8 މެގްނިޓިއުޑްގެ ބިންހެލުމަކީ 1939 ވަނަ އަހަރަށް ފަހު އެގައުމަށް އައި އެންމެ ބާރުގަދަ ބިންހެލުމެވެ.
މެސީނާއަށް އައި ބިންހެލުން (އިޓަލީ، ޑިސެމްބަރ 28، 1908):
މި ބިން ހެލުމަކީ މެގްނިޓިއުޑް 7.5 ގެ ބިންހެލުމެކެވެ. މި ބިންހެލުމުގައި އުފެދުނު ސުނާމީގެ އުސްމިން 6-12 މީޓަރު ހުއްޓެވެ.
ޔޫރަޕަށް އައި އެންމެ ބޮޑު ބިންހެލުމުގެ އަސަރު އެންމެ ބޮޑަށްކުރީ ސިސިލީ އާއި އެޕެނިން ޕެނިންސުލާއާ ދެމެދުގައި އޮންނަ ސްޓްރޭޓް އޮފް މެސިނާގަ އެވެ. މެސީނާ، ރެޖިއޯ ކެލަބްރިއާ، ޕަލްމީ ގެ އިތުރުން ގާތްގަނޑަކަށް 20 ސިޓީއެއް ވަނީ ހަލާކުވެފައެވެ. 72،000 މީހުން މަރުވި އެވެ.
ހައިޔުއާން ބިންހެލުން (ޗައިނާ، ޑިސެމްބަރު 16، 1920):
މި ބިންހެލުމަކީ މެގްނިޓިއުޑް 7.8 ގެ ބިންހެލުމެކެވެ.
ބިންގަނޑު ކަނޑައިގެން ދިއުމާއި ހިލަގަނޑު ޖެހުމާއި، ޖަޔަންޓް ޓްރެންޗްތަކާއި ރެނދުތަކުގެ ސަބަބުން 67.5 ހާސް ކިލޯމީޓަރުގެ ސަރަހައްދުގައި ގެއްލުން ލިބިފައިވެއެވެ. 200،000އާއި 240،000 ދެމެދުގެ އަދަދަކަށް މީހުން މަރުވި އެވެ.
"ގްރޭޓް ކާންޓޯ ބިންހެލުން" (ޖަޕާން، 1 ސެޕްޓެމްބަރ 1923):
ބިންހެލުމުގައި މެގްނިޓިއުޑް 7،9 ހުއްޓެވެ.
ބިންހެލުމުގެ ސަބަބުން އުފެދުނު ސުނާމީގެ އުސްމިނުގައި 12 މީޓަރު ހުއްޓެވެ.
މި ބިންހެލުން އުފެދުނީ ޓޯކިޔޯ އާއި ހުޅަނގު ދެކުނުން 90 ކިލޯމީޓަރު ދުރުގައި އޮންނަ ކަނޑުގައެވެ. ޔޮކޯހާމާ އާއި ޔޮކޯސުކާ ވެސް ވަނީ ބިންހެލުމުގައި ފަނާވެފައެވެ. ބިންހެލުމުގައި ޖުމްލަ 143،000 ހާސް މީހުން މަރުވިއުރު 543،000 ހާސް މީހުން ގެއްލުނެވެ. 659،000 މީހުންގެ ގެ ބިމާ ހަމަވިއެވެ. ޖަޕާނަށް ލިބުނު ގެއްލުމުގެ އަދަދު 4.5 ބިލިއަން ޑޮލަރަށް އަރާނެ ކަމަށް ލަފާކޮށްފައިވެ އެވެ.
އަޝްޚަބާދަށް އައި ބިންހެލުން (ތުރުކުމެނިސްތާން، އޮކްޓޯބަރ 5، 1948)
މި ބިންހެލުމުގެ މެގްނިޓިއުޑް 7.3 އަށް އެރިއެވެ.
އަޝްގަބާތު - ތުރުކުމެނިސްތާނުގެ އެސްއެސްއާރުގެ ވެރިރަށް، ބާތިރު އަދި ބެޒްމަން ސިޓީތަކުގެ ގާތްގަނޑަކަށް ހުރިހާ އިމާރާތްތަކެއް އެއްކޮށް ބިމާހަމަވިއެވެ. މަރުވި މީހުންގެ އަދަދު 176،000 އަށް އެރިއެވެ.
އަންކާޝް ބިންހެލުން (ޕެރޫ، މެއި 31، 1970).
މި ބިންހެލުމިގެ މެގްނިޓިއުޑް އަކީ 7.9 އެވެ.
މި ބިންހެލުމުގެ އުފެދުނީ ޕެރޫ-ޗިލީގެ ފުން ޓްރެންޗްގައި ކައިރީގައި އޮންނަ ޕެސިފިކް ކަނޑުގަ އެވެ. ހުއާސްކާރަން ފަރުބަދަ (އުސްމިން 6،768 މީޓަރު) އިން ވެރުނު ބޮޑެތި ހިލަތަކުުގެ ސަބަބުން، ޔުންގޭ، ކަރާޒް އަދި ރަންރަހިރްކާ ރަށްތައް އެއްކޮށް ހަލާކުވެގެން ދިޔައެވެ.
ގާތްގަނޑަކަށް 70،000 މީހުން މަރުވެ ގެއްލިގެން ހޯދަމުން ދިޔައެވެ. އަދި 157،000 މީހުންނަށް ޒަހަމްވެފައިވެއެވެ. 800،000 މީހުންގެ ގެދޮރު ނެތިގެން ދިޔައެވެ. އަދި ލިބުނު ގެއްލުން 260 މިލިއަން އެމެރިކާ ޑޮލަރަށް އަރައެވެ.
ޓަންގްޝާން ބިންހެލުން (ޗައިނާ، ޖުލައި 27، 1976):
މި ބިންހެލުމުގެ މެގްނިޓިއުޑް އަކީ 8.2 ކެވެ.
ބިންހެލުމުގެ އުފެދުނީ ބެއިޖިންގެ އިރުމަތިން 150 ކިލޯމީޓަރު ދުރުގައި އޮންނަ ހެބޭ ޕްރޮވިންސްގެ ޓަންގްޝާން މައިނިން ސިޓީ ސަރަހައްދުގަ އެވެ. އަދި 242،000 އަށްވުރެ ގިނަ މީހުން ވަނީ މަރުވެފައެވެ. ބިން ހެލުމުގެ ގެއްލުން 2 ބިލިއަން ޑޮލަރަށް އަރައެވެ.
ސްޕިޓަކް ބިންހެލުން (އާރްމީނިއާ، ޑިސެމްބަރ 7، 1988):
މި ބިންހެލުމުގެ މެގްނިޓިއުޑް 7.2 އަށް އަރައެވެ.
ބިންހެލުމުގައި 25،000 ހާސް މީހުން މަރުވެ 150،000 މީހުން ޒަހަމްވެފައިވެއެވެ. ބައި މިލިއަން މީހުން ގެދޮރު ހަލާކުވިއެވެ. ބިމުގެ އަޑީގެ ބާރުގަދަ ލޮޅުންތަކާއެކު 30 ސިކުންތު ތެރޭގައި ގާތްގަނޑަކަށް މުޅި ގައުމުގެ އުތުރު ބައި ހަލާކުވިއެވެ. ގާތްގަނޑަކަށް އެއް މިލިއަން މީހުންގެ އާބާދީއެއް އޮންނަ ސަރަހައްދު ފުނޑުފުނޑުވެގެން ދިޔަ އެވެ.
ބިންހެލުމުގެ ސަބަބުން އުފެދުނު ރާޅު 2 ފަހަރު ދުނިޔެ ވަށައި ދެ ބުރު ޖެހިކަމަށް ޔޫރަޕާއި އޭޝިއާއާއި އެމެރިކާ އަދި އޮސްޓްރޭލިއާގެ ސައިންޓިފިކް ލެބްތަކުން ރަޖިސްޓްރީކޮށްފައިވެއެވެ. އަފްޓާޝޮކްތައް ކަނޑާއި ބިމުގެ 110 ކިލޯމީޓަރުގެ އަޑިއަށް ކުރިެވެ.
ސުމަޓްރާއަށް އައި ބިންހެލުން (އިންޑޮނޭޝިއާ، ޑިސެމްބަރ 26، 2004):
މި ބިންހެލު،މުގެ މެގްނިޓިއުޑް 9.1 އަށް އަރައެވެ. ސުނާމީ އާއި އުސްމިނުގައި 10 މީޓަރު ހުއްޓެވެ.
ބިންހެލުން އުފެދުނީ އިންޑިއާ ކަނޑުގައި ސުމަޓްރާ ޖަޒީރާއިން ހުޅަނގަށް 160 ކިލޯމީޓަރު ދުރުން 30 ކިލޯމީޓަރުގެ އަޑިންނެވެ. ސުނާމީގެ އަސަރު އޭޝިއާގެ ގިނަ ގައުމުތަކަށް ކުރިއެވެ.
މިގޮތުން 14 ގައުމެއްގެ 225،00 އަށްވުރެ ގިނަ އަދަދަކަށް މީހުން މަރުވިއެވެ. ގާތްގަނޑަކަށް 2.2 މިލިއަން މީހުންނަށް ގެއްލުން ލިބުނެވެ. ތައިލެންޑަށް ލިބުނު އިގްތިސާދީ ގެއްލުން 5 ބިލިއަން ޑޮލަރު، އިންޑިއާ އަށް 1.6 ބިލިއަން ޑޮލަރު، ރާއްޖެ އަށް 1.3 ބިލިއަން ޑޮލަރު، އިންޑޮނޭޝިއާ އަށް 4.4.ބިލިއަން ޑޮލަރު އަދި ސުމަޓްރާ ޖަޒީރާއަށް 0.7 ބިލިއަން ޑޮލަރަށް އަރާކަމަށް ލަފާކޮށްފައިވެ އެވެ.
ސިޗުއާން ބިންހެލުން (ޗައިނާ، މެއި 12، 2008).
މި ބިންހެލުމުގެ މެގްނިޓިއުޑް 7.9 އަށް އަރައެވެ.
ބިންހެލުން އުފެދުނީ ސިޗުއާން ޕްރޮވިންސްގެ ވެރިރަށް ޗެންގްޑޫ އާއި ހުޅަނގު އުތުރުން 80 ކިލޯމީޓަރު ދުރުގައި އޮންނަ ވެންޗުއަން ކައުންޓީގަ އެވެ. އެ ލޮޅުންތައް އިހުސާސް ކުރެވުނީ ބެއިޖިން އާއި ޝަންހާއީއަށް ވެސް ކުރިއެވެ. 370،000 އަށްވުރެ ގިނަ މީހުން ޒަޚަމްވެ، 876،000 ހާސް މީހުން މަރުވިއެވެ. 5 މިލިއަނަށްވުރެ ގިނަ މީހުން ގެދޮރު ނެތިގެން ދިޔައެވެ. ޖުމްލަ ގެއްލުން 86 ބިލިއަން ޑޮލަރަށް އަރާނެ ކަމަށް ލަފާކޮށްފައިވެ އެވެ.
ހޭޓިއަން ބިންހެލުން (ޖެނުއަރީ 12، 2010):
ބިން ހެލުމުގެ މެގްނިޓިއުޑް 7.0 އަށް އަރައެވެ.
ބިންހެލުން އުފެދުނީ ހެއިޓީގެ ވެރިރަށް ޕޯޓްއޯ ޕްރިންސްގެ ހުޅަނގު ދެކުނުން 25 ކިލޯމީޓަރު ދުރުގައި އޮންނަ ކަނޑުގައެވެ. ބިން ހެލުމުގައި 316،000 މީހުން މަރުވިއެވެ. 300،000 އަށްވުރެ ގިނަ މީހުން ޒަޚަމްވެފައިވެއެވެ. ގާތްގަނޑަކަށް 1.3 މިލިއަން މީހުން ގެދޮރު ނެތިގެން ދިޔައެވެ. 7.9 ބިލިއަން ޑޮލަރުގެ ގެއްލުމެއް ލިބިފައިވެ އެވެ.
އިރުމަތީ ޖަޕާނަށް އައި ބޮޑު ބިންހެލުން (މާޗް 11، 2011):
ބިން ހެލުމުގެ މެގްނިޓިއުޑް 9 އަށް އަރައެވެ.
މި ބިންހެލުން އުފެދުނީ ޓޯކިޔޯގެ އިރުއުތުރުން 373 ކިލޯމީޓަރު ދުރުން 24 ކިލޯމީޓަރުގެ އަޑިންނެެވެ. މިޔާކޯ ސަރަހައްދުގައި ސުނާމީ ރާޅުގެ އުސްމިނަކީ 40.5 މީޓަރަށް އުފުލުނެވެ. 62 ސިޓީއަކާއި ޓައުން ހަލާކުވިއެވެ. ފުކުޝިމާ-1 ނިއުކްލިއާ އިންޖީނުގެއަށް ވަނީ ގެއްލުންތަކެއް ލިބިފައެވެ. މި ބިން ހެލުމުގައި ގާތްގަނޑަކަށް 20 ހާސް މީހުން މަރުވިއެވެ. ގާތްގަނޑަކަށް 126،000 އިމާރާތް ހަލާކުވިއެވެ. ގެއްލުމުގެ ޖުމްލަ އަގަކީ 215 ބިލިއަން ޑޮލަރެވެ.