އަންނަ ހަފްތާގައި ފަށާ ޕީޖީއޭ ޓުއާ ވެގެންދާނީ ޓައިގާ ވުޑްސް ހަތް މަސް ދުވަހަށް ފަހު ވާދަވެރި މުބާރާތެއްގައި ވާދަކުރާ ކުރާ ފުރަތަމަ ފަހަރަށެވެ. 2021 ވަނަ އަހަރު ކާރު އެކްސިޑެންޓެއްގައި ލިބުނު އަނިޔާތަކުގެ ފަހުން ޓައިގާ ވުޑްސް ވާދަވެރި މުބާރާތެއްގައި ރަސްމީކޮށް ވާދަނުކުރެއެވެ.
2021 ވަނަ އަހަރުގެ ކުރީކޮޅު ކާރު އެކްސިޑެންޓެއްގައި ލިބުނު އަނިޔާތަކާ ގުޅިގެން ޓައިގާ ވުޑްސްވަނީ ގިނަ ސާޖަރީތަކެއްވެސް ހަދާފައެވެ.
އެހެންނަމަވެސް އެކްސިޑެންޓަށް ފަހު މިދިޔަ އަހަރު އޮތް މުބާރާތެއްގައި ވާދަކުރިއެވެ. އެހެންނަމަވެސް ދުނިޔޭގެ ކުރީގެ އެއްވަނަ ޓައިގާ ވުޑްސް އެ މުބާރާތް ނިންމާލީ 47 ވަނައިގައެވެ.
އުމުރުން 47 އަހަރުގެ ޓައިގާ ވުޑްސްވަނީ 15 މޭޖާ ޗެމްޕިއަންޝިޕް ކާމިޔާބުކޮށްފައެވެ. އެންމެ ފަހުން މާސްޓާސް މުބާރާތެއް ވުޑްސް ކާމިޔާބު ކުރީ 2019 ވަނަ އަހަރުއެވެ.