
ފުލުހުން ދެންމެ މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ބުނެފައިވަނީ އޭނާ ހޯދުމަށް ކުރަމުންދާ މަސައްކަތުގައި، ސީސީޓީވީ ކެމެރާތައް ބެލުމުގެ ތެރެއިން، ފެބްރުއަރީ 4 ވަނަ ދުވަހުގެރޭ 19:20 ބޮޑުތަކުރުފާނުމަގުން ހުޅުމާލޭ ފެރީޓާމިނަލް ސަރަހައްދުން ހުދުކުލައިގެ ޓެކްސީއަކަށް އަރާ މަންޒަރު ފެންނަ ކަމަށެވެ.
ފުލުހުން ބުނީ ޓެކްސީ އެއާޕޯޓް ޓާމިނަލަށް މަޑުކުރުމުން އޭނާ ޓެކްސީން ފައިބައިގެން އެއާޕޯޓް ޓާމިނަލަށް ވަންނަ މަންޒަރު ފެނުނު ނަމަވެސް އޭނާ ރާއްޖެއިން ބޭރަށް އަދި ރާއްޖޭގެ އެއްވެސް ތަނަކަށް ދަތުރުކުރިކަން އެނގެން ނެތްކަމަށެވެ.
ފުލުހުންބުނީ މާލެއާއި އެއާޕޯޓްގެ އިތުރު ސީސީޓީވީ ކެމެރާތައް ބަލަމުންދާކަމަށާއި އާސިރު ހޯދުމަށް އަތޮޅުތެރޭގެ ޕޮލިސް ސްޓޭޝަންތައް މެދުވެރިކޮށްވެސް މަސައްކަތް ކުރަމުން ގެންދާކަމަށެވެ.
އުމުރުން 31 އަހަރުގެ އާސިރު ގެއްލިގެން ހޯދާތާ މިއަދަށް ވަނީ އަށް ދުވަސް ވެފައެވެ.