ads
އެމްސީ ސްޓެން (ކ) ސަލްމާން ހާން (މ) އަދި ޝިވް ތަކަރޭ (ވ)
އެމްސީ ސްޓެން ބިގް ބޮސް 16 ކާމިޔާބު ކޮށްފި
މިއުޒީޝަން އެމްސީ ސްޓެން "ބިގް ބޮސް 16" ކާމިޔާބު ކޮށްފިއެވެ.

އޭނާ "ބިގް ބޮސް" ފައިނަލް ކާމިޔާބުކުރީ 12 ފެބްރުއަރީ ވަނަ ދުވަހު ޝިވް ތަކަރޭ ބަލިކޮށްގެންނެވެ.

އެމްސީ ސްޓެން އަށް އިނާމެއްގެ ގޮތުގައި ވަނީ  ޓްރޮފީއަކާއި ކާރެއްގެ އިތުރުން 31.80 ކަރޯޑު ރުޕީޒްގެ ފައިސާގެ އިނާމެއް ލިބިފައެވެ. 

ޕްރިޔަންކާ ޗަހަރު ޗައުދަރީ ކަޓާލުމަށްފަހު، ތަކަރޭ އާއި އެމްސީ ސްޓެން ވަނީ ވާދަވެރި ހުށަހެންތަކެއް ދައްކާލާފައެވެ. 

ޝޯގެ ރަނަރަޕް ޝިވް ތަކަރޭ ހޯދިއިރު ތިން ވަނަ ހޯދީ ޕްރިޔަންކާ އެވެ. 

ސިޔާސީ ލީޑަރު އަދި މޮޑެލް އަރްޗަނާ ގައުތަމް ހަތަރު ވަނަ ހޯދިއިރު، ފަސް ވަނަ އަށް އައީ "ސާތު ފެރޭ: ސަލޯނީ ކާ ސަފާރު" އާއި "ޑިލް މިލް ގަޔޭ" ފަދަ ޝޯތަކުން މަޝްހޫރު އެކްޓަރު ޝަލީން ބަނޮޓް އެވެ.

"ބިގް ބޮސް 16" ގެ  ގްރޭންޑް ފިނާލޭގައި ބޮލީވުޑްގެ ތަރި ސަނީ ޑިއޯލް އޭނާގެ ކުރިއަށް އޮތް ފިލްމު "ގަދަރު 2" ޕްރޮމޯޓް ކުރިއިރު ކޯ ސްޓާ އަމީޝާ ޕަޓޭލް އާއި ކަރަން ކުންދްރާގެ ގެނެސްދޭ އާ ޝޯ "ޓެރޭ އިޝްގް މޭން އަޔަލް" ގެ ޓީމު ވެސް ބައިވެރިވި އެވެ.

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް