ads
ޕްރައިމަރީން ލިބުނު ކާމިޔާބީއަށްފަހު އުފާ ފާޅުކުރަނީ---ފޮޓޯ:ދައުރު
ރައީސްއަށް ރިޔާސީ ޓިކެޓް ހަވާލުކުރުން ހުކުރު ދުވަހުގެ ރޭ
މިދިޔަ މަހުގެ 28 ގައި ބޭއްވި އެމްޑީޕީގެ ރިޔާސީ ޕްރައިމަރީ ކާމިޔާބު ކުރެއްވި އެ ޕާޓީގެ އިސް ލީޑަރު، ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ރިޔާސީ ޓިކެޓު ހަވާލުކުރުން އަންނަ ހުކުރު ދުވަހުގެ ރޭ ބޭއްވުމަށް ނިންމައިފިއެވެ.

އެމްޑީޕީގެ ސެކްރެޓަރީ ޖެނެރަލް އަނަސް އަބްދުއްސައްތާރު ވިދާޅުވީ ޓިކެޓް ވަހާލުކުރުމުގެ ރަސްމިއްޔާތު ބޭއްވުމަށް ހަމަޖެހިފައިވަނީ ހުކުރު ދުވަހުގެ ރޭ ކާނިވާ ސަރަހައްދުގައި ކަމަށެވެ. 

އަނަސް ވިދާޅުވީ ކާނިވާ ސަރަހައްދުގައި ރަސްމިއްޔާތު ބޭއްވުމުގެ ހުއްދަވެސް މިހާރު ލިބިފައިވާ ކަމަށެވެ.

ރައީސް ސޯލިހް ޕްރައިމަރީ ކާމިޔާބު ކުރެއްވީ، 61 ވޯޓް ހޯއްދަވައިގެންނެވެ. ވާދަވެރި ކެންޑިޑޭޓް ރައީސް މުހައްމަދު ނަޝީދަށް ލިބިވަޑައިގެންނެވީ 38.90 އިންސައްތަ އެވެ.

ޕްރައިމަރީގެ އިންތިހާބުގައި ރައީސް ސޯލިހަށް 24،566 ވޯޓު ލިބިވަޑައިގެންފައިވެއެވެ. އަދި ރައީސް ނަޝީދަށް ލިބިވަޑައިގެންނެވީ 15،641 ވޯޓެވެ.  

ޖުމްލަ 57،255 އެމްޑީޕީ މެމްބަރުންނަށް ވޯޓު ލުމުގެ ހައްގު ލިބުނު މި ޕްރައިމަރީގައި ވޯޓުލާފައިވަނީ، 40،887 މެމްބަރުން ނެވެ. އެއީ ޖުމްލަ ވޯޓު ހައްގުވާ މެމްބަރުންގެ 71.44 އިންސައްތަ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް