މީގެ ތިން އަހަރު ކުރިން އެރަށުގެ ބޯޅަ ދަނޑު ތަރައްގީ ކުރުމަށް ގެންގޮސްފާހުރި މިޓާފު ތަކުގައި މީގެކުރިން ރޯކޮށްލީ މިދިޔަ ޖެނުއަރީ މަހުގެ 30 ވަނަ ދުވަހުގެ ރެއެވެ.
އެފަހަރު އަލިފާނުގެ ހާދިސާގައި ޓާފްތަކުގެ ބޮޑުބައެއް ހަލާކުވެފައިވާއިރު، އެކަން ކުރިބައެއް ހޯދިފައެއް ނުވެއެވެ. ނޮޅިވަރަމް ކައުންސިލްގެ ރައީސް ވިދާޅުވީ ދެވަނަ ފަހަރަށް ޓާފްތަކުގައި ރޯކޮށްލީ މިއަދު ހަވީރު ކަމަށެވެ.
ނޮޅިވަރަމް ކައުންސިލުން ކުރިން ބުނީ އެސަރަހައްދަކީ އަލިފާންނާއި ގުޅޭ އެއްވެސް މަސައްކަތެއްކުރާ ސަރަހައްދަކަށް ނުވާއިރު، އެއީ ގަސްތުގައި ބަޔަކު ކުރާކަމެއްކަމަށް ބެލެވޭ ކަމަށެވެ.